Tuesday, 17 November 2026
Ads by

ފަތުރުވެރިކަމުގެ ހިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފި

ފަތުރުވެރިކަމުގެ ހިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފި

މީރާގެ ނަންބޯޑު-- ފޮޓޯ: އެކި އެމްވީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުޅުވާލައިފިއެވެ. މިކަމަށްޓަކައި އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ޚާއްސަ އޮންލައިން ޕޯޓަލެއް މިހާރު ވަނީ ތައާރަފުކޮށްފައެވެ.

Ad Image
Ads by

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުގެ ދަށުން، ”ޑެސްޓިނޭޝަން ޕްރިންސިޕަލް“ އާ އެއްގޮތަށް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ޓެކްސް ނަގަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު، ރާއްޖެއިން ބޭރުގައި ހިންގާ ބުކިންގ ޕްލެޓްފޯމުތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފަދަ ފަރާތްތަކުން ރާއްޖޭގައި ދޭ ހިދުމަތްތަކުން ޖީއެސްޓީ ދައްކަން ޖެހޭނެއެވެ.

މީރާއިން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެތެރޭގައި ދޭ ހިދުމަތެއްގެ ގޮތުގައި ބަލާނީ ރާއްޖެއަށް ކުރާ ދަތުރުތަކާއި، ފަތުރުވެރިންނަށް ހަމަޖައްސައިދޭ ކެއިންބުއިމާއި ހުރުމުގެ އިންތިޒާމުތަކެވެ. އެހެންކަމުން، ބޭރުގެ ގައުމެއްގައި ރަޖިސްޓްރީކޮށްގެން ހިންގި ނަމަވެސް، މިފަދަ ހިދުމަތްތައް ރާއްޖޭގައި ހިންގާ ކޮންމެ ފަރާތަކުން ވެސް ޖީއެސްޓީ ދައްކަން ލާޒިމުވާނެއެވެ.

މީރާއިން ވަނީ ޖީއެސްޓީއަށް ރަޖިސްޓްރީވާން ޖެހޭ ފަރާތްތަކުގެ ތަފުސީލު ހާމަކޮށްފައެވެ. އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ލިސްޓުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ އިތުރުން ވެސް ރާއްޖޭގައި އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކާ އަދި ރަޖިސްޓްރީވާންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތްތަކަކީ، ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުން، ރާއްޖެއިން ބޭރުގެ ޓްރެވަލް އޭޖެންޓުން، އޮންލައިން ޓްރެވަލް އެޖެންސީތައް، ބެޑް ބޭންކުތައް، އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައް، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތައް، ޗާޓަރު އޮޕަރޭޓަރުންގެ އިތުރުން ބުކިންގ ޕްލެޓްފޯމްތަކެވެ. މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާ ގުޅޭ އެކި އެކި އެޖެންސީ އަދި ބުކިންގ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، އިންބައުންޑް ޓޫރިޒަމްގެ ވިޔަފާރިތަކަށް މަގުފަހިކޮށްދޭ އެންމެހައި ފަރާތްތައް ވެސް މި ނިޒާމުގެ ތެރޭގައި ހިމެނޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި މަރުހަލާ ކުރިއަށްގެންދަން ޖެހެނީ މީރާގެ ވެބްސައިޓުގައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމާއެކު، ޓެކްސް ދެއްކުމަށް ބޭނުންވާ ’ޖީއެސްޓީ ޓިން‘ ނަންބަރު ހިމެނޭ ސެޓްފިކެޓް ދޫކުރެވޭނެއެވެ. އަދި ”މީރާ-ކަނެކްޓް“ މެދުވެރިކޮށް އެކައުންޓް ހުޅުވައި، ޖީއެސްޓީއާ ގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ. ރަޖިސްޓްރީވުމުގެ މަރުހަލާތައް ފަސޭހައިން އޮޅުންފިލުވައިދިނުމަށްޓަކައި ހާއްސަ ގައިޑެއް ވެސް މީރާގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، ޖީއެސްޓީއަށް ރަޖިސްޓްރީވާ ބޭރުގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އީމެއިލް އެޑްރެހެއް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން މިކަމާ ގުޅޭގޮތުން އުފެދޭ އެކި ސުވާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް internationalhelpdesk@mira.gov.mv އަށް އީމެއިލް ކުރެއްވުމަށް މީރާއިން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި