Saturday, 24 October 2026
Ads by

ޕީއެންސީގެ އަންހެނުންގެ ރައީސަކަށް ހީނާ އަދި ޒުވާނުންގެ ރައީސަކަށް އަބާން!

ޕީއެންސީގެ އަންހެނުންގެ ރައީސަކަށް ހީނާ އަދި ޒުވާނުންގެ ރައީސަކަށް އަބާން!

ހީނާ އަދި އަބާން---

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ހަރަކާތުގެ ރައީސްކަމުގެ މަގާމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަދި ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަޠީފް ހޮވިވަޑައިގެންފިއެވެ.

Ad Image
Ads by

މި ދެ ބޭފުޅުން މި މަގާމުތަކަށް ހޮވިވަޑައިގެންނެވީ އިތުރު އެހެން ކެންޑިޑޭޓަކު މި މަގާމުތަކަށް ކުރިމަތިލައްވާފައި ނުވާތީ، ވޯޓަކާ ނުލައި އޮޓޮމެޓިކުންނެވެ. ޕީއެންސީގެ މަތީ މަޖިލިސްގެ އިންތިހާބު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މަގާމުތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އެ ޕާޓީން މިހާރު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓުން ދައްކާ ގޮތުގައި ހީނާ އާއި އަބާންގެ އިތުރުން، އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އެހެނިހެން އިސް މަގަމުތައް ވެސް ވަނީ އެ މަގާމުތަކަށް އެހެން ބޭފުޅަކު ވާދަނުކުރައްވާތީ ވޯޓަކާ ނުލައި ކަށަވަރުވެފައެވެ.

އެގޮތުން ވޯޓަކާ ނުލައި ހޮވިވަޑައިގެންނެވި ބޭފުޅުންނަކީ:

އަންހެނުންގެ ހަރަކާތް:

  • ރައީސް: ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
  • ނައިބު ރައީސް: މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފް
  • ސެކްރެޓަރީ: އާމިނަތު ނަސީޙާ
  • ހަޒާންދާރު: އާމިނަތު ޝިޒްލީން

ޒުވާނުންގެ ހަރަކާތް:

  • ރައީސް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަޠީފް
  • ނައިބު ރައީސް: ޙަސަން ޝަހީދު
  • ސެކްރެޓަރީ: އިސްމާޢީލް ޢަޒްމީ
  • ހަޒާންދާރު: މުޙައްމަދު ރިފާޢު

ދެ ގޮފީގެ އިސް މަގާމުތައް ވޯޓަކާ ނުލައި ކަށަވަރުވި ނަމަވެސް، ޕާޓީގެ ނައިބު ރައީސްކަމުގެ ހަ މަގާމަށް އަށް ބޭފުޅަކު ވާދަކުރައްވާތީ އެ މަގާމުތަކަށް ފޯރިގަދަ ވާދަވެރިކަމެއް ވަނީ އުފެދިފައެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ:

  • ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
  • ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ
  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
  • މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
  • ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް
  • އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

މީގެ އިތުރުން، ޕީއެންސީގެ މެމްބަރުންގެ މަޖިލީހަށް އަންހެނުންނަށް ހާއްސަ 10 ގޮނޑިއަށް 22 ކެންޑިޑޭޓުން، ޒުވާނުންނަށް ހާއްސަ ހަތް ގޮނޑިއަށް 13 ކެންޑިޑޭޓުން، އަދި އާންމު 18 ގޮނޑިއަށް 73 ކެންޑިޑޭޓުން ވާދަކުރާނެއެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް މި ކޮންގްރެސްގައި އެ ޕާޓީގެ 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ވޯޓުލާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި