Saturday, 24 October 2026
Ads by

ބޯޓު އުރުނު ހާދިސާގައި ބްރިޖުގެ ސްޓްރަކްޗަރއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ: މިނިސްޓަރު މުއްޠަލިބް

ބޯޓު އުރުނު ހާދިސާގައި ބްރިޖުގެ ސްޓްރަކްޗަރއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ: މިނިސްޓަރު މުއްޠަލިބް

ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ގެ ތަނބެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޯޓެއް ޖެހި ހިނގި ހާދިސާގައި، ބްރިޖުގެ މައިގަނޑު ސްޓްރަކްޗަރަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހާދިސާއަކީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. އެހެންކަމުން ހާދިސާ ހިނގި ވަގުތާއި އިއްޔެ ހެނދުނު، ބްރިޖުގެ މަރާމާތުގެ މަސައްކަތްތައް ކުރަމުން އަންނަ ކުންފުނި ކަމަށްވާ ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ބްރިޖު ބަލައި، ސްޓްރަކްޗަރަލް އެސެސްމަންޓެއް ވެސް ހަދާފައިވާ ކަމަށް މިނިސްޓަރު ވިިދާޅުވިއެވެ.

އެ ކުންފުނިން ބެލި ބެލުމުން، ބްރިޖުގެ ސްޓްރަކްޗަރަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ބޭރުފުށުން ކުދިކުދި ކޫރުތަކެއް އެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާއެކު ހަދާފައިވާ މޮނިޓަރިންގ އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ކުންފުނިން ބްރިޖު މަރާމާތުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ސަރަޙައްދުގައި ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދެއްގެ ސަބަބުން މިހާރު ހުރި ދެ ބްރިޖަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެން އުމްރާނީ ވަސީލަތްތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. މިއީ މުޅި މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފާނެ ފަދަ ކަމަކަށް ވުމުން، ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ކޮންޓްރޯލުން ނެއްޓިގެން އޮޔާދާ އުޅަނދުތައް ބްރިޖާ ހަމައަށް ދިޔަނުދީ ހިފެހެއްޓުމުގެ ގާބިލުކަން ހުރި ދެ ޓަގް ބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި އެ ޓަގް ބޯޓުތައް ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް އަލުން މުރާޖައާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުވާސަލާތުކޮށް ހަރަކާތްތެރިވާނެ ގަވާއިދުތަކެއް އެކުލަވާލައްވާނެ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބް ވަނީ ހާމަކުރައްވައިފައެވެ.

ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ސިނަމާލެ ބްރިޖަކީ 1.4 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. މޫދުގައި ހަތް މައި ތަނބު ޖަހައިގެން ތަރައްގީކޮށްފައިވާ މި ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
images (2)
އިންވެސްޓްމަންޓްތަކަށް މަރުޙަބާ، އެކަމަކު ރަސްމާލެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަންޖެހޭ: ފައިސަލް
FB_IMG_1792812611345
ވަގުތުގެ މުވައްޒަފުންގެ އެންމެ ދަށް މުސާރަ 21،000 ރުފިޔާއަށް ބޮޑުކޮށްފި
20261023_221240
ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ