Monday, 9 November 2026
Ads by

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން ކަމާބެހޭ ވުޒާރާތަކާއި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތަކީ، މުބާރާތުގެ އޮނިގަނޑަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށްފަހު އިންތިޒާމުކުރެވިފައިވާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ އޮޑިޝަން ބުރު މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޑިޝަން ބުރުގައި 2,742 ބައިވެރިން ވާދަކޮށްފައިވާއިރު، ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ 379 ދަރިވަރުންނެވެ.

މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން 11 ސެޕްޓެމްބަރު ވަނަ ދުވަހުން ފެށިގެން 14 ސެޕްޓެމްބަރު ވަނަ ދުވަހަށް ކުރިއަށްދާއިރު، ފައިނަލް ބުރުގެ ކިޔެވުން އޮންނާނީ 16 ސެޕްޓެމްބަރު ވަނަ ދުވަހުން 17 ސެޕްޓެމްބަރު ވަނަ ދުވަހާއި ހަމައަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު މަތިކޮށް، ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
20261109_165505
އީރާނުގެ މައްސަލާގައި ޓްރަމްޕް، ޕޫޓިން އަދި ޝީ މަޝްވަރާކުރަނީ: ނިއުކްލިއަރ ޕްރޮގްރާމާއި ކަނޑުއޮޅީގެ މައްސަލައަށް ޙައްލެއް
451320_3_6fb9ad7a8eb29c37a9c9e816cf3404b5236e091b
މާލެ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި