Tuesday, 17 November 2026
Ads by

ހޫޘީން ރަތް ކަނޑުގެ އައްސޭރިފަށް ހިފައިފި، ޙަމަލާތަކަކާ ގުޅިގެން ސަޢޫދީގެ މައި ތެޔޮ ހޮޅި ބަންދުކޮށްފި

ހޫޘީން ރަތް ކަނޑުގެ އައްސޭރިފަށް ހިފައިފި، ޙަމަލާތަކަކާ ގުޅިގެން ސަޢޫދީގެ މައި ތެޔޮ ހޮޅި ބަންދުކޮށްފި

ޔަމަނުގެ އައްސޭރިފަށާ ކައިރީގައި އޮންނަ ބާބް އަލް-މަންދަބު ކަނޑުއޮޅި ކައިރީގައި ކޮންޓޭނަރ އުފުލާ ބޯޓެއް އޮތް މަންޒަރު. (އޭއެފްޕީ/ގެޓީ އިމޭޖަސް)

ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ކަނޑުދަތުރުފަތުރަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވަމުން، އީރާނުގެ މަދަދު ލިބޭ ހޫޘީން ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށާއި މުހިންމު ރަށްތަކެއް ހިފައި، ބާބުލް މަންދަބު ކަނޑުއޮޅީގެ މައްޗަށް ފުރިހަމަ ކޮންޓްރޯލް ނަގައިފިއެވެ.

Ad Image
Ads by

މިއާއެކު، ސައުދީ އަރަބިއްޔާގެ ރިޔާޟް އަދި މަދީނާ ސަރަޙައްދަށް އަމާޒުކޮށް ދިން ހަމަލާތަކަކާ ގުޅިގެން، އެ ޤައުމުގެ އެންމެ މުހިންމު އެއް ތެޔޮ ހޮޅި ކަމަށްވާ ’އީސްޓް-ވެސްޓް ޕައިޕްލައިން‘ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައިވާކަމަށް ސައުދީ އެނަރޖީ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

މޯކާ ބަނދަރު ހިފުމަށްފަހު، ހޫޘީން ވަނީ ކުއްލި ހަމަލާތަކެއް ދީގެން ރަތް ކަނޑުގައިވާ ޕެރިމް، ޒުޤަރު އަދި ހާނިޝް ރަށް ފަދަ ސްޓްރެޓީޖިކް ރަށްތައް ހިފާފައެވެ. މި ރަށްތައް ހިފުމާއެކު، ރަތް ކަނޑުގެ އައްސޭރިފަށާއި ބާބުލް މަންދަބު ކަނޑުއޮޅީގެ މައްޗަށް ހޫޘީންނަށް ފުރިހަމަ އަސްކަރީ ކޮންޓްރޯލް ލިބިގެންދާނެ ކަމަށް މާހިރުން ބުނެއެވެ. މިއީ ބައިނަލްއަޤްވާމީ ވިޔަފާރި ބޯޓުފަހަރަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ޖާސޫސީ މަޢުލޫމާތުތައް ބުނާގޮތުން، މި އޮޕަރޭޝަންތައް ހިންގާފައިވަނީ އީރާނުގެ އައި.އާރު.ޖީ.ސީގެ އިސް ކޮމާންޑަރުންގެ ސީދާ ބެލުމުގެ ދަށުންނެވެ.

ސަޢޫދީ އެނަރޖީ މިނިސްޓްރީން ހާމަކުރިގޮތުގައި، ރިޔާޟް އަދި މަދީނާ ސަރަޙައްދުގައިވާ އީސްޓް-ވެސްޓް ޕައިޕްލައިންއަށް ވަނީ އެތައް ހަމަލާތަކެއް އަމާޒުވެފައެވެ. މި ހަމަލާތަކުގައި އެތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް އަނިޔާވެ، ފަރުވާދޭން ޖެހިފައިވެއެވެ.

ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމަށް ސައުދީން ބިނާކޮށްފައިވާ މި މުހިންމު ތެޔޮ ހޮޅި ބަންދުކުރަން ޖެހުމަކީ ސައުދީގެ ތެޔޮ އެކްސްޕޯޓްކުރުމުގެ ޤާބިލުކަމަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ. ރަތް ކަނޑުގެ މަގު ބަންދުވުމާއި ސަޢޫދީގެ ތެޔޮ ހޮޅިއަށް ލިބުނު ގެއްލުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
7e4540a4-916a-4870-a24f-014e071673d4
އިސްތިސްނާއެއް ނެތި ހުރިހާ ދާއިރާއަކުން އަމަލީ ނަތީޖާ ނެރެދެވިއްޖެ: ރައީސް
9b5b4d8e-b840-4da1-851e-160614c56bed
އުމްރާނީ ތަރައްގީގެ ފުރިހަމަ މާނަ ނުކުންނާނީ އިހުތިރާމު ކުރުމުގެ ސިފަ އަށަގަނެގެން: ރައީސް
original
އެކަމަކީ ޤައުމަށް ފައިދާވާ ކަމެއްނަމަ ނުރުހުން އަމާޒުވިޔަސް ކުރައްވާނަން: ރައީސް
Raees 564
ދަރަންޏާއި ބިލުތަކަށް ބޮޑު ހޭދައެއްކޮށް، ބަޖެޓު ޑެފިސިޓް އެއް އަކުރަށް ތިރިކޮށްފިން: ރައީސް
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި