Tuesday, 17 November 2026
Ads by

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށްނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށްނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ

ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން ބާތިލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، މަސައްކަތް ކުރިއަށް ނުގޮސް ގިނަ ދުވަސްވެފައިވާ މިފަދަ ތަންތަނާމެދު އަމަލުކުރާނެ އާ ގަވާއިދެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ގަވާއިދުގެ ދަށުން މަސައްކަތް ކުރިއަށް ނުދާ ތަންތަން 4 ގިންތިއަކަށް ބަހާލައިގެން މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން  ވިދާޅުވި ގޮތުގައި، އަމަލީ މަސައްކަތް ފެށުމަށްފަހު ހުއްޓިފައިވާ ފަރާތްތަކަށް ގަވާއިދުގެ ތެރެއިން ލުއި ގޮތްތަކާއި އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ނުފަށައި 8 އަހަރު ފާއިތުވެފައިވާ ތަންތަނުގެ އެއްބަސްވުންތައް އެއްވެސް އިތުރު ފުރުސަތަކާ ނުލައި ވަގުތުން ބާތިލުކުރެވޭނެއެވެ.

”އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކޮށް، ފަޅު ރަށްރަށާއި ރަށްތައް ނަންގަވައިގެން ދިގު މުއްދަތެއްގައި އެހެން ތިބުމަކީ ވަރަށް ރަނގަޅު ނޫން ކަމެއް. އެއްގޮތަކަށްވެސް އޮވެގެން ނުވާނެ. މިއީ ވަރަށް ދިގުމުއްދަތެއްގެ ތެރޭގައި އަޅާ ނުލާ ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޑް ކުރަން ރިކުއެސްޓް ކުރެއްވީމަ އެފައިސާ ބާކީ އޮންނަ މުއްދަތުގައި ބަހާލައިގެން ގެންދިޔަ ގެންދިއުމުގެ ނަތީޖާ މިއީ. އަޅުގަނޑުމެން މި ފަށާ މަސައްކަތުން މީގެ ރިކަވަރީ ލިބޭނެ ކަމަށް ޤަބޫލުކުރަނީ،“ – މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަލަށް އެކުލަވާލެވުނު މި ގަވާއިދާއެކު ރަށްރަށް ތަރައްގީކުރުމުގެ މުއްދަތު އިތުރުކުރުމާއި، ކުލި ފަސްކުރުމުގެ އިތުރުން ފަސްކުރެވޭ ކުލި އަނބުރާ ދެއްކުމުގައި ހަރުދަނާ އަދި ދެފުށް ފެންނަ އުސޫލުތަކެއް ގާއިމުވެގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ތަރައްގީ ނުކުރެވި ގިނަ ދުވަސްވެފައިވާ 168 ތަނެއް މިވަގުތު ވެސް އެބައޮތެވެ. މީގެ ތެރޭގައި 25 އަހަރަށްވުރެ ދިގު މުއްދަތެއް ވީއިރުވެސް ހިދުމަތަށް ނުގެނެވި ހުރި ތަންތަން ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ލިބިފައި ނުވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުން މި ގަވާއިދު ތަންފީޒުކުރަން ފެށުމުގެ މައިގަނޑު މަގުސަދަކީ ދައުލަތަށް ގެއްލެމުންދާ ޓެކުހާއި ކުލީގެ އާމްދަނީ އަނބުރާ ހޯދައި، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި، ވަޒީފާގެ އާ ފުރުސަތުތަކާއެކު ގައުމުގެ އިގްތިސާދަށް ދިރުން ގެނެސްދިނުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި