Sunday, 25 October 2026
Ads by

މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ

މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލޭގެ މަޖީދީމަގުގައި ހުންނަ ހީނާމާގޭ ޕާކިންގ ޒޯނާއި، ސޯސަންމަގުގައި ހުންނަ ޕާކިންގ ޒޯނުގައި ޒަމާނީ ފެންވަރުގެ ޕާކިންގ އިމާރާތްތަކެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރެވޭނެ ކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ދެ ބިމުގައި ޕާކިންގ އިމާރާތްތައް ތަރައްގީކުރާނެ ފަރާތްތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ދެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމަވައި، އާންމުންނަށް ހިދުމަތް ދޭން ފެށުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ދެ މަޝްރޫއު އަމިއްލަ ކުންފުނިތަކަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ނަމަވެސް، ޕާކިންގ ފީ ކަނޑައަޅާނީ ސަރުކާރުން ކަމަށާއި، އެ ފީ ވެގެންދާނީ އަންމު ރައްޔިތުންނަށް އަތްފޯރާ، ލުއިފަސޭހަ އަގުތަކަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ހީނާމާގޭ ބިމުގައި ޒަމާނީ ޕާކިންގ ވަސީލަތެއް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ބަޔަކު އައިޑެންޓިފައި ކުރެވި، އެ ފަރާތާއެކު މިހާރު މަޝްވަރާތައް ކުރިއަށް އެބަދޭ. ހަމައެއާއެކު ރައީސް މުޢިއްޒު ވަނީ މިފަދަ ދެވަނަ އިމާރާތެއް އެޅުމަށް ބޭނުންވާ ބިންވެސް ކަނޑައަޅުއްވާފައި. އެއީ ގައުމީ ޔުނިވަރސިޓީގެ އިމާރާތާ ޖެހިގެން އޮތް ބިން،“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މި އިމާރާތްތައް ފަރުމާކުރެވެނީ ދެ ފުރޮޅުލީ އަދި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވަކިން ހާއްސަ ޒޯންތަކެއް ހިމެނޭ ގޮތަށެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ އިމާރާތްތަކުގެ އިތުރުން ޖާގަ ކުދި ސަރަހައްދުތަކުގައި ޒަމާނީ ”މެކޭނިކަލް ޕާކިންގ“ ނިޒާމުތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި