Sunday, 25 October 2026
Ads by

އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!

އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!

އެމެރިކާ އަދި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ދެ ޤައުމުން އެކަކު އަނެކަކުގެ ތެޔޮ ޓޭންކަރުތަކަށާއި އުޅަނދުފަހަރަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

Ad Image
Ads by

މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ފީފާއަކަށް 100 އެމެރިކާ ޑޮލަރަށް އުފުލުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ފަސް ޓޭންކަރެއް ހަލާކުކޮށްލާފައެވެ.

އެމެރިކާގެ މި ހަމަލާތަކަށް ރައްދު ދެމުން އައި.އާރު.ޖީ.ސީ އިން ބުނެފައިވަނީ، އެ ލަޝްކަރުން އެމެރިކާގެ ދެ އުޅަނދަކަށާއި، ތެޔޮ އުފުލާ އަށް ޓޭންކަރަކަށް އަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ހިތްވަރާއި އެހީތެރިކަމާއެކު ކަނޑުއޮޅީގެ ”މަނާ އަދި ނުރައްކާތެރި ސަރަޙައްދެއް“ ހުރަސްކުރަން އުޅުނު ޤަވާޢިދާ ޚިލާފު އިތުރު 10 އުޅަނދަކަށް ވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެއެވެ.

ހަމައެއާއެކު، އުރުދުންގައި އެމެރިކާ ސިފައިން ޤާއިމުވެ ތިބޭ އަސްކަރީ މަރުކަޒަކަށް ވެސް އައި.އާރު.ޖީ.ސީ ގެ ފައުޖުތަކުން ހަމަލާދީފައިވާ ކަމަށް އެ ޖަމާޢަތުން ވަނީ އިޢުލާނުކޮށްފައެވެ. އަދި ކުވައިތާއި ބަޙްރައިން ސަރަޙައްދުގައި ހުރި ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން، އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެ އުޅަނދުފަހަރުގެ ފަޅުވެރިން ވަގުތުން އުޅަނދުތައް ދޫކޮށް ދިއުމަށް އަންގާފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ތެހެރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހަމަލާދޭން މަސައްކަތްކުރާ ކޮންމެ ފަހަރަކު، އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދެމުންގެންދާ ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި