Sunday, 25 October 2026
Ads by

ނުއަގުގައި ބިމެއް ވިއްކި ކަމަށްބުނެ، އޮފީސް މެމޯއެއްގެ ހަގީގަތް އޮޅުވާލައި ފަތުރާތީ މިނިސްޓަރު މުއްޠަލިބްގެ ކަންބޮޑުވުން!

ނުއަގުގައި ބިމެއް ވިއްކި ކަމަށްބުނެ، އޮފީސް މެމޯއެއްގެ ހަގީގަތް އޮޅުވާލައި ފަތުރާތީ މިނިސްޓަރު މުއްޠަލިބްގެ ކަންބޮޑުވުން!

ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފޮނުވި އޮފީސް މެމޯއެއްގެ ހަގީގަތް އޮޅުވާލައިގެން އެންމެ ނޭދެވޭ ގޮތުގައި ފަތުރަމުންދާތީ، މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުރުވަމުންދާ ލިޔުމަކީ ހަމައެކަނި ފައިސާ ބަލައިގަތުމުގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން އެތެރޭގައި ފޮނުވާފައިވާ އޮފީސް މެމޯއެއް ކަމަށެވެ. ނަމަވެސް އެ މެމޯގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ފަތުރަމުންދަނީ އެންމެ ގޯސް މާނަ ނެގޭ ގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަމުގެ ސަބަބުން ސިވިލް ސާވިސްގެ މުވައްޒަފަކަށާއި، އޭނާއަށް ލިބުނު ބޮޑު ބޭއިންސާފެއް ރަނގަޅުކުރުމަށްޓަކައި ވޭތުވެދިޔަ 23 އަހަރު ދުވަހު މަސައްކަތްކުރި ދުވަސްވީ މީހަކަށް ނުހަނު ބޮޑު ގެއްލުމާއި ހިތާމަ ލިބެމުންދާ ކަމަށެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ލިޔުމަކުން ފެންނަ ގޮތުގައި ހުޅުމާލެއިން 1،250 އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް 375ރ. ގެ ރޭޓުން ވަނީ ވިއްކައިފައެވެ. ހައުސިން މިނިސްޓްރީގެ އޮފީސް މެމޯގައިވާ ގޮތުން ބިމުގެ ޖުމްލަ އަގަކީ 468,750ރ. އެވެ.

އެ މެމޯގައިވާ ގޮތުން އެޑްވާންސަށް ދައްކަން ޖެހޭނީ 50،000ރ. އެވެ. ބާކީ ބައި ފަސް އަހަރަށް ބަހާލާފައިވާ ކަމަށް ވެސް އޭގައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަމުން ދަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ ތަފުސީލު ހާމަކުރުމަށްޓަކައި، މިނިސްޓްރީގެ ފަރާތުން މިއަދުގެ ވަގުތެއްގައި ރަސްމީ ބަޔާނެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި