Wednesday, 9 September 2026
Ads by

ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!

ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!

ކާވާ ބީޗް ވޮލީބޯލް ޓުއާ - ބޫޓާން އޯޕަން 2026 ގައި އާއިދާ އިންސާފުކުރަނީ---

ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ތާރީހީ ޝަރަފު، އޭޝިއަން އިންޓަރނޭޝަނަލް ރެފްރީ ކެންޑިޑޭޓް އައިދާ އަބްދުލްހަކީމް ހޯދައިފިއެވެ.

Ad Image
Ads by

އާއިދާ މި ފަހުރުވެރި ކާމިޔާބީ ހާސިލުކޮށްފައިވަނީ މިހާރު ބޫޓާނުގައި ކުރިއަށްދާ ”ކާވާ ބީޗް ވޮލީބޯލް ޓުއާ – ބޫޓާން އޯޕަން 2026“ ގައެވެ. މި މުބާރާތުގައި އޭނާ ވަނީ ފުރަތަމަ ރެފްރީއެއްގެ ގޮތުގައި ކޯޓަށް ނުކުމެ، ނުހަނު އިތުބާރާއި ފުރިހަމަ ހުނަރާއެކު މެޗުތަކުގައި އިންސާފުކޮށްދީ ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު ހޯދައިފައެވެ. މިއާއެކު، އާއިދާ މިވަނީ ރާއްޖޭގެ ކުޅިވަރުގެ ދިގު ތާރީހުގައި އަންހެނުން ހޯދަމުންދާ ކާމިޔާބީތަކުގެ ސަފުހާތަކުގައި އޭނާގެ ނަން ރަން އަކުރުން ފަވާލައިފައެވެ.

މިއީ ކުޅިވަރުގެ މައިދާނުގައި އިންސާފުކުރުމަށް ދިވެހި އަންހެނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ. އަދިހަމައެހެންމެ މިއީ ދުނިޔެއާއި ސަރަހައްދީ ފެންވަރުގެ ބޮޑެތި މުބާރާތްތަކުގައި ދިވެހި އޮފިޝަލުންގެ ހުނަރާއި ދައުރު ދުވަހުން ދުވަހަށް ފުޅާވެ، ބަލައިގަންނަމުން އަންނަކަމުގެ އަލިގަދަ ހެއްކެކެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ވީއޭއެމް) ގެ ނައިބު ރައީސްކަން ވެސް ކުރަމުން ގެންދާ އާއިދާ ވަނީ 2015 ވަނަ އަހަރު ރެފްރީކަމުގެ ގައުމީ ކޯސް ވެސް ފުރިހަމަކޮށްފައެވެ. އަދި 2024 ވަނަ އަހަރު ކާވާ ބީޗް ރެފްރީ ކޯސް ފުރިހަމަކުރުމަށްފަހު، މި އަހަރުގެ މެއި މަހު އޭނާ ވަނީ އޭވީސީ ކޯސް ވެސް ފުރިހަމަކޮށްފައިކަން ފާހަގަކޮށްލަންޖެހެއެވެ.

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން މުޅި އޭޝިއާ ސަރަހައްދުގައި ބީޗް ވޮލީބޯޅަ ކުރިއަރުވައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އޮފިޝަލުން ތަމްރީނުކުރުމަށް ލިބޭ މިފަދަ ބައިނަލްއަގުވާމީ ފުރުސަތުތަކުގެ ބޭނުން ދިވެހި އޮފިޝަލުން ދަނީ އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. އާއިދާގެ މި ކާމިޔާބީއަކީ، ކުޅިވަރުގެ މައިދާނުގައާއި ވަކިން ހާއްސަކޮށް ކުޅިވަރުގައި އިންސާފުކުރުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާން ގިނަ އަންހެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު