Wednesday, 9 September 2026
Ads by

ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެއެވެ.

Ad Image
Ads by

އެ ރިސޯޓުގެ ފަރުތައް އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ވަނީ އަމަލީ ގޮތުން ބައިވެރިވެ، މުރަކަ އިންދުމުގައި އެހީތެރިވެދީފައެވެ.

ނިވަ ކުރުނބާ މޯލްޑިވްސް އަކީ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށާއި ފަރުތައް އާލާކުރުމަށް ހިންގާ ހަރަކާތްތަކުގައި އާންމުން ބައިވެރިކުރުމަށް އަބަދުވެސް ފުރުސަތު ފަހިކޮށްދެމުން އަންނަ ފަރާތެކެވެ.

މިފަދަ ތިމާވެށީގެ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ދެމުން އަންނަ ބީއެމްއެލްއިން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަރުތައް އާލާކުރުމުގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ގދ. ވާދޫގައި ”ވާދޫ އެސޯސިއޭޝަން ފޮ ފިއުޗަރ ޑިވެލޮޕްމަންޓް“ އިން ކުރިއަށްގެންދިޔަ މަޝްރޫއާއި، ބ. ދަރަވަންދޫގައި ހިންގި ”މުރަކަ ފާމް އިނިޝިއޭޓިވް“ ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު