Saturday, 24 October 2026
Ads by

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން ފޭހުން ޖާގަ ހޯދި ރާއްޖޭގެ ޒުވާން ޓީމަށް ހޫނު މަރުޙަބާއެއް

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން ފޭހުން ޖާގަ ހޯދި ރާއްޖޭގެ ޒުވާން ޓީމަށް ހޫނު މަރުޙަބާއެއް

އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސް ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ކޮލިފައިން ފޭހުން ފުރުޞަތު ހޯދި ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

Ad Image
Ads by

ރާއްޖޭގެ ޒުވާން ޓީމު މާލެ އައުމުން މާފަންނު ބަސް ޓާމިނަލް ސަރަޙައްދުން އެ ޓީމަށް މަރުޙަބާ ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ރައްޒާޤާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ އިތުރުން އެ އެސޯސިއޭޝަނުގެ އިސްވެރިންނެވެ.

މި މުބާރާތުގެ ކޮލިފައިން ފޭސްއަށް ރާއްޖެ ދަތުރުކުރީ، ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ ކުޅުނު މެޗުތަކުން ޖުމްލަ 6 ޕޮއިންޓް ހޯދައިގެންނެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ބުރުނާއީއާ ބައްދަލުކޮށް 2-0 އިން ރާއްޖެ މޮޅުވިއިރު، ދެވަނަ މެޗުގައި އަވައްޓެރި ސްރީލަންކާގެ މައްޗަށް ރާއްޖެއިން ވަނީ 4-0 ގެ ފުރިހަމަ ނަތީޖާއަކުން ކުރިހޯދާފައެވެ. މިއީ މުބާރާތަށް ފުރުމުގެ ކުރިންވެސް ކޯޗު ޝާކިރު ކަނޑައެޅި މައިގަނޑު އަމާޒެވެ.

ޒުވާން ޤައުމީ ޓީމުން ހޯދި މި ކާމިޔާބީއަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ތައުރީފު ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ޑިވެލޮޕްމަންޓް ފޭސްގައި ކުޅުންތެރިން ދެއްކި މޮޅު ކުޅުމާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކޮލިފައިން ފޭސްއަށް ނުކުންނައިރުވެސް އެއް ޓީމެއްގެ ގޮތުގައި އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކޮށް، ރާއްޖޭގެ ފުޓްބޯޅައަށާއި ޤައުމަށް އިތުރު ރީތި ނަމާއި ކާމިޔާބީ ހޯދައިދިނުމަށް ވަޒީރު ވަނީ ޓީމުގެ ކުޅުންތެރިންނަށް އިލްތިމާސްކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި