Tuesday, 8 September 2026
Ads by

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި މަޝްވަރާކުރައްވަން އިނގިރޭސި ބޮޑު ވަޒީރަށް ރައީސްގެ ދައުވަތެއް!

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި މަޝްވަރާކުރައްވަން އިނގިރޭސި ބޮޑު ވަޒީރަށް ރައީސްގެ ދައުވަތެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފޯޅަވަހި ނުވަތަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ސިފައެއްގައި މަޝްވަރާތައް ފެއްޓެވުމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުވަތު ދެއްވައިފިއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި ދައުވަތު ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމަވައި، އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ހާއްސަ ސިޓީފުޅެއްގައެވެ.
ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ބެލިނަމަވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި ރާއްޖޭގެ ތަނެއްކަން ސާބިތުވާން އެބައޮތެވެ. އަދި ޖިއޮގްރަފީ ގޮތުން ބަލާއިރުވެސް، މޮރިޝަސްއަށްވުރެ ބޮޑަށް ފޯޅަވަހި އޮތީ ދިވެހިރާއްޖޭގެ ސަރަހައްދާ މާ ކައިރީގައެވެ.

ކަން މިހެން އޮތުމުން ދިވެހިރާއްޖޭގެ މަސްލަހަތާއި ސަރަހައްދީ ހައްގުތައް އެކުލެވިގެންވާ މިފަދަ މުހިންމު ނިންމުމެއް ނިންމާއިރު، ރާއްޖެއަށް އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި، އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން ނިންމެވި ނިންމެވުމާމެދު ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާކަން އެމަނިކުފާނުގެ ސިޓީފުޅުގައި ވަނީ ބަޔާންކުރައްވައިފައެވެ.

މީގެއިތުރުން، އެ ސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ. އަދި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރެވޭނެ އުސޫލަކުން، ފޯޅަވަހީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އިނގިރޭސި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފޯޅަވަހީގެ މައްސަލައިގައި ދިވެހި ދައުލަތުގެ މަސްލަހަތު ގެއްލޭގޮތަށް ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުންތައް މުރާޖައާކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަސައްކަތް ކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Raees
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި މަޝްވަރާކުރައްވަން އިނގިރޭސި ބޮޑު ވަޒީރަށް ރައީސްގެ ދައުވަތެއް!
20260908120047_49d76940_A99q
އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓްގައި ތާރުއެޅުމަށް ތައްޔާރުވެއްޖެ
IMG_8686
ގއ.ދާންދޫ އިރުން 16 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި
DE819204-A4D3-46AF-95C1-43678B2FE6F3
ދިވެހި ވަޠަނީ ޚިދުމަތުގެ ކޭމްޕް ފަންވަރު ކާމިޔާބުކަމާއެކު ނިންމާލައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި