Saturday, 24 October 2026
Ads by

ދިރާގުގެ ހިއްސާ ސަރުކާރުން ގަތުމަކީ ބޭކާރު ހަރަދެއް ކަމަށް އެ ހިއްސާ ވިއްކާލި ނަޝީދު ވިދާޅުވެއްޖެ

ދިރާގުގެ ހިއްސާ ސަރުކާރުން ގަތުމަކީ ބޭކާރު ހަރަދެއް ކަމަށް އެ ހިއްސާ ވިއްކާލި ނަޝީދު ވިދާޅުވެއްޖެ

ކުރީގެ ރައީސް ނަޝީދު---

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުގެ މެޖޯރިޓީ ހިއްސާ އަލުން ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.

Ad Image
Ads by

ދިރާގުގެ މެޖޯރިޓީ ހިއްސާ ގަތުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް މުޢިއްޒު ހާމަކުރެއްވުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ ގޮތަށް ރައްޔިތުންނަށް ހިދުމަތް ދެމުން އަންނަ ހަމައެކަނި ކުންފުނި ކަމަށެވެ. އަދި އެކަން އެގޮތަށް އޮތީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައި އޮތުމުގެ ސަބަބުންނާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިރާގުގެ އިތުރު ހިއްސާ ގަތުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވެފައިވާއިރު، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮއްވައި، ބޭރުގެ ކުންފުންޏަކަށް އެ ކުންފުނީގެ ބޮޑުބައި ވިއްކާލައްވައި މެޖޯރިޓީ ކޮންޓްރޯލް ދޫކޮށްލީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް އެ ދުވަސްވަރު އަމާޒުވެގެންދިޔައެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާ ގަތުމަށް ނިންމާފައިވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އެ ކުންފުނީގެ ސަރުކާރު ހިއްސާ 51 އިންސައްތައަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން، މީގެ ކުރިން ވިއްކާލި ދިރާގުގެ ހިއްސާތައް އަނބުރާ ހޯދައި، ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް އަލުން އަނބުރާ ދައުލަތަށް ނެގުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މިވަގުތު ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރައިންގެ ކުންފުންޏެއް ކަމަށްވާ ”ބިޔޯން“ އެވެ. 52 އިންސައްތަ ހިއްސާއަކީ އެ ކުންފުނީގެ ހިއްސާއެވެ. ދިވެހި ސަރުކާރުގެ އޮތީ 41.8 އިންސައްތަ ހިއްސާ ކަމަށްވާއިރު، ބާކީ 6.2 އިންސައްތަ ހިއްސާއަކީ އާންމު ރައްޔިތުންގެ ހިއްސާއެވެ. އެހެންކަމުން ރައީސް މުޢިއްޒު ވިދާޅުވި ފަދަ ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މޫސ
މޫސ
1 މަސް ކުރިން

ހެހެހެހެހެ

ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
1 މަސް ކުރިން

ނަޝީދު އެހެންބުނާނެ އޭނައެހިއްސާވިއްކާލީވެސް އޭނައައްކޮއްމެވެސް ނާޖާއިޒު ފައިދާތަކެއްއޮތީމަ އެހެންނޫންނަމަ ނުވިއްކާނެ ސަރުކާރުން ދިވެހި ރައްޔިތުންގެ ލާބައާއި މަނއފާއައްކުރަން އުޅޭކޮންމެ ކަމަކާ ތިނަޝީދު ފާޑުނުކިޔާ އެއްކަމެއްވެސް އެބައޮތްތަ؟ އެކަމަކު އެރީދޫ ކުލައިގަ ރަގަޅައްޖެހުނު ސެކަކުވެސް އެގޮތައްނުން ގޮތަކައްހުރިއެކަކުވެސް އެބަހުރިތަ؟ އެގޮތައް ނިތިބޭނީވަރައްބުއްދިވެރި މީހުން އޭގެމީހުންވެސް އެޕާރޓީގައެބަތިބި މޮސަރުކާރުން ޑރ. މުހައްމަދު މުއިއްޒު އެގެންދަވަނީ ރައްޔިތުންނައްޓަކާ ހިތުދަނާ މަސައްކަތްތަކެއް ކޮއްދެއްވަމުން.

Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި