Monday, 7 September 2026
Ads by

ކުމުންދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރު އޯވަރހޯލްކޮށް، ބޭނުންކުރަން ފަށައިފި

ކުމުންދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރު އޯވަރހޯލްކޮށް، ބޭނުންކުރަން ފަށައިފި

ކުމުންދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރު އޯވަރހޯލްކޮށް، ބޭނުންކުރަން ފެށުން.. ފޮޓޯ| ފެނަކަ ކޯޕަރޭޝަން..

ހދ. ކުމުންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ރަށު އިންޖީނުގޭގެ 400 ކިލޯވޮޓުގެ ޖަނަރޭޓަރު އޯވަރހޯލްކޮށް، އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.

Ad Image
Ads by

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ކުމުންދޫ އިންޖީނުގޭގައި ބޭނުންކުރަމުން އައި 400 ކިލޯވޮޓުގެ ޖަނަރޭޓަރުގެ މަރާމާތު މަސައްކަތްތައް ނިންމައި، މިހާރު ވަނީ ކާމިޔާބުކަމާއެކު އެ ޖަނަރޭޓަރުން ރަށަށް ކަރަންޓު ދޭން ފަށާފައެވެ. މި މަސައްކަތަކީ އެ ރަށުގެ ރައްޔިތުންނަށް ދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، މެދުކެނޑުމެއްނެތި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ފެނަކައިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކޮށް، ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، ކުމުންދޫގެ މި ޖަނަރޭޓަރު އޯވަރހޯލް ކުރެވިގެން ދިޔުމާއެކު، ރަށުގެ ޕީކް ގަޑިތަކުގައާއި އަދި އާންމު ހާލަތްތަކުގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުމާ ގުޅިގެން، ކުމުންދޫގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_8658
ހުރިހާ ދިވެހިންނަށް ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ: ރައީސް
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
C7E5040B-C92B-433B-B769-E19DA2B377F5
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ
20260907_092501
ހޮރްމޫޒް ކަނޑުއޮޅި 'އެއްކޮށް ބަންދުކޮށް' އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި