Monday, 7 September 2026
Ads by

ހޮރްމޫޒް ކަނޑުއޮޅި ’އެއްކޮށް ބަންދުކޮށް‘ އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި

ހޮރްމޫޒް ކަނޑުއޮޅި ’އެއްކޮށް ބަންދުކޮށް‘ އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި

(ފޮޓޯ ކްރެޑިޓް: ނޫރްފޮޓޯ/ގެޓީ އިމޭޖަސް)

ހޮރްމޫޒް ކަނޑުއޮޅި މިހާރު އޮތީ ’އެއްކޮށް ބަންދުކުރެވިފައި‘ ކަމަށާއި، އެ ކަނޑުއޮޅީގެ ވަށައިގެން ’ރެސްޓްރިކްޓެޑް ޒޯން‘ (ވަނުން މަނާ ސަރަޙައްދެއް) ކަނޑައަޅަން ނިންމާފައިވާކަމަށް އީރާނުގެ ސެކިއުރިޓީ ކައުންސިލުގެ އިސް އޮފިޝަލް މުޙްސިން ރިޒާއީ ޢިއުލާންކޮށްފިއެވެ.

Ad Image
Ads by

ރިޒާއީ ބުނީ، އީރާނުގެ ހުއްދައާ ނުލައި އެ ސަރަޙައްދަށް ވަންނަ އެއްވެސް އުޅަނދެއް އީރާނުގެ ބްލެކްލިސްޓަށް ލައި، އެ ކަނޑުއޮޅިން ދަތުރުކުރުން އެއްކޮށް މަނާކުރެވޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އީރާނުގެ އަސްކަރީ މަނަވަރަކުން އަމިއްލައަށް އުފައްދާފައިވާ އައު މިސައިލެއް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވާކަމަށްވެސް އޭނާ ބުންޏެވެ.

ހޮރްމޫޒް ކަނޑުއޮޅިން މިހާރު ދުވާލަކު ދަތުރުކުރަނީ އެންމެ 7 ނުވަތަ 8 ބޯޓު ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާއިން ޙިމާޔަތްދީގެން ގެންދާ ބޯޓުތަކަށްވެސް ޙަމަލާތައް އަމާޒުވާކަމަށް އީރާނުން ބުނެއެވެ. އީރާނުން ވަނީ އެޤައުމުގެ ޑިސްޓްރޯޔަރު މަނަވަރަކުން އެމެރިކާގެ މަނަވަރަކަށް އައު މިސައިލެއް ފޮނުވާލައި، އަސްކަރީ ޤާބިލުކަން އިތުރުވެފައިވާކަން ހާމަކޮށްފައެވެ.

އީރާނުގެ އިޤްތިޞާދަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ރިޒާއީ ބުނީ، ޤައުމުގައި ކާބޯތަކެއްޗާއި މުހިންމު ތަކެތީގެ ރިޒާވް އެބައޮތް ކަމަށާއި، ތެޔޮ ވިއްކައިގެން ލިބެންޖެހޭ ފައިސާ ލިބެމުންދާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_8658
ހުރިހާ ދިވެހިންނަށް ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ: ރައީސް
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
C7E5040B-C92B-433B-B769-E19DA2B377F5
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ
20260907_092501
ހޮރްމޫޒް ކަނޑުއޮޅި 'އެއްކޮށް ބަންދުކޮށް' އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި