Saturday, 24 October 2026
Ads by

”ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ގުރްއާން ހިތުދަސްކުރަމުން އެބަގެންދޭ“

”ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ގުރްއާން ހިތުދަސްކުރަމުން އެބަގެންދޭ“

ހާފިޒުންނާއެކު ރައީސްގެ ދެކަނބަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން---

މި ވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ގުރްއާން ހިތުދަސްކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގައި ގުރްއާން ހިތުދަސްކުރާ ދަރިވަރުންނާއި ހާފިޒުންގެ އަދަދު އިތުރުވަމުން ދިއުމަކީ އުފާވެރި ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާނުން ގުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށާއި، ރަމަޟާން މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ގުރްއާން ހިތު ދަސްކުރަމުން އަންނަ ކަމަށާއި، އެންމެ ގިނަ ދަރިވަރުން ގުރްއާން ހިތުދަސްކުރަމުންދަނީ ގުރްއާނާ ބެހޭ މަރުކަޒާއި އިލްމު އިންސްޓިޓިއުޓްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާފިޒުން އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް އިތުރުކޮށްފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، ގުރްއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް ވެސް މި ސަރުކާރުން ފުޅާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ގުރްއާނުގެ އިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން 30 ރަށެއްގައި ގުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް އަމަލީ ގޮތުން ހިންގަން ފަށާފައިވާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ވެސް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަމާޒަކީ 2 އަހަރު ތެރޭގައި ހުރިހާ ރަށަކަށް މި މަޝްރޫއު ފުޅާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ރަށް ރަށުގައި ހިންގާ ގުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ގުރްއާން ކިޔަވައިދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އިތުރުކުރަމުން އަންނަ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި