Monday, 7 September 2026
Ads by

ޕީއެންސީއަށް ތާއީދުކުރަނީ ”ހަށިވިއްކާ ރަންޑިން“، ސިހުރު ހަދައިގެންވެސް ޕީއެންސީ މައިތިރިކުރަން ޖެހޭ: ޕީއެންއެފް

ޕީއެންސީއަށް ތާއީދުކުރަނީ ”ހަށިވިއްކާ ރަންޑިން“، ސިހުރު ހަދައިގެންވެސް ޕީއެންސީ މައިތިރިކުރަން ޖެހޭ: ޕީއެންއެފް

ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތާއީދުކުރާ އާންމު ރައްޔިތުންނަކީ ”ހަށިވިއްކާ ރަންޑިން“ ގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ސިފަކޮށްފިއެވެ.

Ad Image
Ads by

ފްރަންޓް އޮފީހުގައި ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތެރިވާ ފަރާތެއް ކަމަށްވާ މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވަނީ، ޕީއެންސީގެ ހަރުގެ ޖަލްސާތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވާތީ އެކަމުގެ ރުޅިގަނޑު އާންމު މެންބަރުންނަށް ބާލައި، އެ ފަރާތްތަކުގެ އަބުރަށް ހުތުރުވާ ފަދަ ދަށު ދަރަޖައިގެ ބަސްތަކެއް ބޭނުންކޮށްފައެވެ. މޮސްޓާ ބުނެފައިވަނީ ޕީއެންސީގެ ހަރުގެ ޖަލްސާތައް ބަލަން އެ ޕާޓީގެ ހަރުގެއަށް ދާ ގިނަ މީހުންނަކީ ހެޔޮ ނިޔަތުގައި އެތަނަށް ދާ ބައެއް ނޫން ކަމަށާއި، އެއީ ސިޔާސީ ގޮތުން ”ހަށިވިއްކައިގެން އުޅޭ ރަންޑިން“ ކަމަށެވެ.

މޮސްޓާގެ މި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އެގޮތުން، ވަކި ސިޔާސީ ޕާޓީއަކާ ގުޅުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ސިހުރު ހަދައިގެން ނަމަވެސް ”ހަތަރެތި“ މައިތިރިކުރަންޖެހޭ ކަމަށް ބުނެ މޮސްޓާ ވަނީ ވާހަކަދައްކައިފައެވެ. މޮސްޓާ އެ މޭރުމުން ވާހަކަދައްކާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އިބްރާހީމް ޝުޖާއު އަށާއި އިބްރާހީމް ފަލާހަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ. މޮސްޓާ މިފަދައިން ބުނެފައި މިވަނީ، ޕީއެންސީގެ ތެރޭގައި ބައިބައިވުން އުފެއްދޭނެ ފަދަ އެއްވެސް ފަންޑިތައެއް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

”އަޅުގަނޑުމެން މިކުރާ ދަތުރުތައް އަވަސްކުރި ވަރަކަށް އަވަސް އަވަހަށް ޖަލްސާތައް ބާއްވާނެ. މޮޔަގޮވާލެއް ގިނަވާނެ. ފަންޑިތައާ ސިހުރާ ހާހޫރައާ ތެއްޔާ ތާހާ ތަވަޔާ ކައްކައިގެން ނަމަވެސް އެބަޖެހޭ އެ ހަތަރެތި މައިތިރިކުރަން،“ – މޮސްޓާ ބުނެފައިވެއެވެ.

ޕީއެންއެފްގެ ޕޯޑިއަމްތަކުން މިފަދަ އަދަބުވެރިކަމެއް ނެތް ބަސްމަގަކުން ވާހަކަދައްކަމުންދާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ 77،000 އަށްވުރެ ގިނަ މެންބަރުންނާއެކު ޕީއެންސީއަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ އަދި ސިޔާސީ ގޮތުން އެންމެ ބޮޑު މަގުބޫލުކަމެއް އޮތް ސިޔާސީ ޕާޓީކަމެވެ. އަދި އެ ޕާޓީއާ އަލަށް ގުޅޭ މެންބަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ޕީއެންސީއަށް ފަހު ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ އިދިކޮޅު އެމްޑީޕީއެވެ. އެގޮތުން އެމްޑީޕީގައި 55،000 މެންބަރުން އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޕީއެންސީއާ ހިލާފަށް، ޕީއެންއެފްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ 3،000 މެންބަރުންގެ އަދަދު ކިރިޔާ ހަމަވާ ކުޑަކުޑަ ޕާޓީއެކެވެ. އެގޮތުން އެ ޕާޓީގައި މި ވަގުތު ތިބީ އެންމެ 3،012 މެންބަރުންނެވެ. އަދި މި އަދަދު އިތުރުކުރުމަށް ވެސް ޕީއެންއެފްއަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. މީގެ އެންމެ ބޮޑު އެއް ހެއްކަކީ އެ ޕާޓީން ބާއްވާ ސިޔާސީ އެއްވުންތަކަށާއި ހަރަކާތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބުމެވެ. ސަބަބަކީ ޕީއެންއެފްގެ ޖަލްސާތަކުގައި ޣީބަ ބުނުމާއި އާޑަ ފުރައްސާރަ އިތުރުވެ، ރައްޔިތުންގެ ކުރިމަތީގައި ޔާމީނުގެ އަގު ވެއްޓިފައިވުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ދަންޑަހިލު
ދަންޑަހިލު
4 ގަޑިއުރު ކުރިން

ދިވެހިރައްޔިތުންގެ އަތުގަހިފައިގެން ރޖ،ޑރ.މމ.ދެވަނަދައުރަށް ހުވައިކުރައްވާމަންޒަރު ފެނުނީމަ އަދިމާބޮޑަށް ބޮލުރޮދިކެނޑޭނެދޯ، މުލުވަގުންގެ ބައިގަނޑުހޭރިހޭރި ތިބެންޖެހޭނި،

Ads by
ފަހުގެ ޚަބަރު
IMG_8658
ހުރިހާ ދިވެހިންނަށް ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ: ރައީސް
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
C7E5040B-C92B-433B-B769-E19DA2B377F5
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ
20260907_092501
ހޮރްމޫޒް ކަނޑުއޮޅި 'އެއްކޮށް ބަންދުކޮށް' އާ މިސައިލެއް އެމެރިކާގެ މަނަވަރަކަށް ޓެސްޓްކޮށްފިކަމަށް އީރާނުން ބުނެފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި