Sunday, 6 September 2026
Ads by

ނަޝީދުގެ ވާހަކަތަކަށް މުންދު: މީހުންނަށް މަޖުބޫރުކޮށްގެން ޕާޓީ ބަދަލުކުރުވާ ޒަމާން މާޒީވެ ހިނގައްޖެ

ނަޝީދުގެ ވާހަކަތަކަށް މުންދު: މީހުންނަށް މަޖުބޫރުކޮށްގެން ޕާޓީ ބަދަލުކުރުވާ ޒަމާން މާޒީވެ ހިނގައްޖެ

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މީހުންނަށް މަޖުބޫރުކޮށްގެން ސިޔާސީ ޕާޓީތަކަށް ވެއްދި ޒަމާން ފާއިތުވެ ހިނގައްޖެ ކަމަށާއި، ކޮންމެ މީހަކު ވެސް ގުޅޭނެ ސިޔާސީ ޕާޓީއެއް އިހުތިޔާރު ކުރާނީ އެ މީހަކު އަމިއްލައަށް ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)، ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ގެންދެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ނަޝީދު ޕީއެންއެފްގެ ސަޕޯޓަރުންތަކަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ”އެކި އެމްވީ“ ގެ ފަރާތުން ކުރި ސުވާލަތަކަށް ޖަވާބު ދެއްވަމުންނެވެ. ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން މުންދު ވިދާޅުވީ، މީހުންނަށް މަޖުބޫރު ކުރައްވައިގެން ސިޔާސީ މަސައްކަތް ކުރެއްވުމުގެ ޒަމާނުގައި ރައީސް ނަޝީދު އަދިވެސް އުޅުއްވަފާނެ ކަމަށެވެ.

އެހެންނަމަވެސް، މިހާރުގެ ސިޔާސީ މަސްރަހުގައި ކޮންމެ މީހަކު ވެސް ޕާޓީއެއްގައި އުޅޭނީ ނުވަތަ ނޫޅޭނީ އެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ، ޕީއެންއެފްއަކީ ދެބަ ދޭތެރޭގައި އޮތް މެންބަރު މަދު ކުޑަ ޕާޓީއެއް ކަމަށާއި، ނަޝީދު އެ ދައްކަވަނީ އެފަދަ ކުޑަ ޕާޓީއަކަށް ރާއްޖޭގައި އޮތް އެންމެ ބިޔަ ބޮޑު ސިޔާސީ ޕާޓީން މީހުން ގެންދާނެ ވާހަކަ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަކީ ނާދިރުކަމެއް ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު ހުރި ސިޔާސީ ޕާޓީތަކަށްވުރެ މާ ޒުވާން ޕާޓީއެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ޕީޕީއެމްއާއި ޕީއެންސީއަކީ ވެސް މިހާރުގެ ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިސްބަތްވެވަޑައިގެންނެވި 2 ޕާޓީ ކަމަށެވެ. އެހެންނަމަވެސް، ޕީއެންއެފްއާއި ޕީއެންސީ އެއްވެސް ގޮތަކުން އެއްހަމައެއްގައި އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށް މުންދު ވިދާޅުވިއެވެ.

”މި ދެއްކެނީ ފަސްޓް ޑިވިޝަންއާއި ތާޑް ޑިވިޝަން ޕާޓީއެއްގެ ވާހަކަ. އެހެންވީމާ އެއްވެސް ގޮތަކުން ބަލާއިރު މި ދެ ޕާޓީ އެއްހަމައެއް ނުވާނުންތޯ؟“ – މުންދު ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މެންބަރުންނަކީ ވެސް ޕީއެންސީއަށް ނިސްބަތްވާ މެންބަރުންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، ޕީއެންއެފްއަށް މަޖިލިސް އިންތިހާބާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ދެ ޕާޓީ އަޅައިކިޔޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒާއި ޔާމީންގެ ސިޔާސީ ފިކުރު އެއްގޮތް ކަމަށް ގަބޫލުކުރައްވަންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ސިޔާސީ ފިކުރު އެއްގޮތް ކަމަށްވާނަމަ ޔާމީން އަދިވެސް ހުންނަވާނީ ޕީޕީއެމް / ޕީއެންސީގައި ކަމަށާއި އެ 2 ޕާޓީ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށެވެ. އެ 2 ބޭފުޅުންގެ ފިކުރު އެއްގޮތް ނަމަ އެމްޑީޕީއާ ގުޅިގެން މި ސަރުކާރާ ދެކޮޅަށް ޔާމީން މަސައްކަތް ނުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުންދު ވިދާޅުވީ، މި ވަގުތު ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވަން ޔާމީން ބޭނުންފުޅުވެއްޖެނަމަ އެމަނިކުފާނަށް މަރުހަބާ ދަންނަވާނެ ކަމަށާއި، ބޭނުންފުޅު ކޮންމެ ވަގުތަކު ވެސް އެމަނިކުފާނަށް އަލުން ޕާޓީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މުންދު އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ހަމަޖެހުމެއް ނެތް ގޮތަށް އެމަނިކުފާނު ދައްކަވާ ދެކޮޅުނުޖެހޭ ވާހަކަފުޅުތަކަށް ދެއްވާނެ ރައްދެއް ނެތް ކަމަށާއި ރައްދުދެއްވަން ބޭނުން ވެސް ނުވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260906_140507
ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
police
ހުޅުމާލެ ފޭސް2 ނިރޮޅުމަގުގައި ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
20260905_234742
ޔޫކްރެއިންގެ ސުލްޙައިގެ އައު ހުށަހެޅުމާއެކު ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ރަޝިޔާ އަށާއި ޔޫކްރޭނަށް ފޮނުވައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!