Sunday, 25 October 2026
Ads by

”ޕީއެންސީ ތެރޭގައި ރެނދު އަޅުވާލެވޭނެ ވަރުގެ އެއްވެސް ފަންޑިތައެއް ޔާމީނަކަށް އެނގިވަޑައެއްނުގަންނަވާނެ“

”ޕީއެންސީ ތެރޭގައި ރެނދު އަޅުވާލެވޭނެ ވަރުގެ އެއްވެސް ފަންޑިތައެއް ޔާމީނަކަށް އެނގިވަޑައެއްނުގަންނަވާނެ“

ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން ޢަބްދުއްރަޙީމް ޢަބްދުﷲ---

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ސަފުތައް ފޫއަޅުވާލެވޭނެ ވަރުގެ އެއްވެސް ފަންޑިތައެއް ނުވަތަ ސިހުރެއް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިއްބެވީ އިހުލާސްތެރިކަމާއެކު ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޕާޓީގެ މެންބަރުން ތިއްބެވީ ވަރަށް އިހުލާސްތެރިކަމާއެކު ގަދަކޮށް ކަމަށާއި، އެ ބޭފުޅުން ވަރުގެ ގޯސް ބަޔަކު ނެތް ކަމަށް ދައްކަވަން އުޅުއްވަނީ ޔާމީން ފިޔަވައި އެހެން ބޭފުޅަކަށް ވެރިކަން ހޯއްދަވައިދެއްވަން އެ މެންބަރުން މަސައްކަތްކުރެއްވުމުން ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ޔާމީން ޖަލުން މިނިވަންވެވަޑައިގެން ބޭއްވި ޖަލްސާގައި އެންމެ އިތުބާރުކުރާ އަދި އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި އޭނާގެ ނަން ފާހަގަކުރެއްވި ކަމަށާއި، އެކަމުގެ ހެއްކަކީ ޕީޕީއެމް އާއި ޕީއެންސީގެ ހިންގެވުން އޭނާއާ ހަވާލުކުރެއްވުން ކަމަށެވެ. ނަމަވެސް އެ އިތުބާރު ގެއްލުނީ ޔާމީން ވިދާޅުވި ގޮތަށް އިންތިހާބު ބޮއިކޮޓްކޮށް، މަގުމައްޗަށް ނުނިކުތުމުން ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެކަން އެގޮތަށް ނުކުރެއްވީ ވަކި މީހަކަށްވުރެ ބޮޑަށް ގައުމާއި ޕާޓީގެ ފިކުރު މުހިއްމުވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަން ނިމިގެންދިޔައީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ކަމަށާއި، އެކަމުގެ ސަބަބުން މިއަދު އެއްވެސް ރައްޔިތަކު އެމަނިކުފާނު ބަލައިނުގަންނަ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެ ދުވަހު ހެޔޮއެދޭ މީހުންގެ ބަސްއެހިނަމަ މިއަދު ޔާމީން އެގޮތުގައި ހުންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ވެރިކަން ނިމުނީ ނުލަފާކަމުން. ވެރިކަން ނިމުނީ ބަސް ނޭހީމާ. ވެރިކަން ނިމުނީ އަދުލު އިންސާފު ގާއިމް ނުކުރީމަ. ވެރިކަން ނިމުނީ އަނިޔާވެރިވީމަ. ވެރިކަން ނިމުނީ ހިޔާނާތްތެރިވީމަ. ވެރިކަން ނިމުނީ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލީމަ. ވެރިކަން ނިމުނީ އަނބިމީހާގެ ދަށުވީމަ.“ – ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށާއި އެކަމުގެ ހެއްކަކީ ރައްޔިތުން މި ސަރުކާރު ބަލައިގަނެ، ޕީއެންސީއާ ގުޅެމުންދާ މެންބަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ނަމަވެސް މިއަދު އެ އަދަދު 77،000 ފަހަނައަޅައި ގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޢަބްދުއްރަޙީމް މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށްގެންދިޔަ ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން އެންމެ ބޮޑަށް އެކަމާ މެދު ހިތްނުތަނަވަސްވެފައި ތިއްބެވީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ކަމަށެވެ. ސަބަބަކީ އެންމެ ގިނައިން ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރަނީ އެ މެންބަރުން ކަމަށްވާތީ ކަމަށް ޔާމީން ވިދާޅުވިއެވެ. ކަން މިހެން އޮތުމުން ރައީސް މުޢިއްޒުއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވަރަށް ސިއްރުން އިންގިލާބެއް ހިނގަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި