Saturday, 24 October 2026
Ads by

ނަޝީދާއި ޔާމީނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެންބަރުން ތިބީ ހިތްނުތަނަވަސްވެފައި: ޝުޖާއު

ނަޝީދާއި ޔާމީނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެންބަރުން ތިބީ ހިތްނުތަނަވަސްވެފައި: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު---

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެންބަރުން ތިބީ ހިތްނުތަނަވަސްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި ޔާމީން ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެންމެ ބޮޑަށް ރުޅިގަދަވެފައި ތިބީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ކަމަށެވެ. ސަބަބަކީ އެންމެ ގިނައިން ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރަނީ އެ މެންބަރުން ކަމަށްވާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވަރަށް ސިއްރުން އިންގިލާބެއް ހިނގަމުން އަންނަ ކަމަށާއި އަދި ވަރަށް އަވަހަށް ހާލަތު ބަދަލުވެގެންދާނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ. ޔާމީންގެ މި ވާހަކަތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. އަދި ހާލަތު ބަދަލުވުމަށް އުންމީދު ކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައި ޝުޖާއު ވިދާޅުވީ މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒާއެކު ވަރަށް ގަދަކޮށް ކަމަށެވެ.

އެހެންނަމަވެސް ނަޝީދާއި ޔާމީނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ހިތްނުތަނަވަސްކަން އޮތްކަން އެ މެންބަރުންގެ ވާހަކަތަކުން ހާމަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވެސް ވަނީ ޔާމީނުގެ ވާހަކަތަކަށް ހޫނު ރައްދެއް ދެއްވައިފައެވެ. ފަލާޙު ވިދާޅުވީ، 20 ވަނަ މަޖިލިސް ރޫޅަން މަސައްކަތްކުރަމުން ދަނިކޮށް ދައުރު ނިމެނީ ކަމަށާއި، މަޖިލީހުގެ ހުރިހާ މެންބަރުން ތިބީ ސާބިތުކަމާއެކު ރައީސް މުޢިއްޒާއެކު ވަރަށް ގަދަކޮށް ކަމަށެވެ.

މިފަހަކަށް އައިސް ނަޝީދާއި ޔާމީން ވަނީ ވަރަށް އެއްކޮށް ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވައިފައެވެ. ނަޝީދާއި ޔާމީން އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާތީ އެމްޑީޕީއާއި ޕީއެންއެފްއަށް ނިސްބަތްވާ އާންމު މެންބަރުން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި