Sunday, 25 October 2026
Ads by

އަމާން އުދަރެސް އަދި ދޯދި ޓަވަރުތަކުގައި އެފްޑީސީން ހާއްސަ ސޭފްޓީ ސާވޭއެއް ފަށައިފި

އަމާން އުދަރެސް އަދި ދޯދި ޓަވަރުތަކުގައި އެފްޑީސީން ހާއްސަ ސޭފްޓީ ސާވޭއެއް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތައް---

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާއްސަ ސޭފްޓީ ސާވޭއެއް ފަށައިފިއެވެ.

Ad Image
Ads by

އެފްޑީސީން މިފަދަ ސާވޭއެއް ފަށާފައި މިވަނީ، އަމާން ދޯދި ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެ، އަދި ސްޓެލްކޯ ފުލެޓެއްގެ 12 ވަނަ ފަންގިފިލާއިން ދެ އަހަރުގެ ކުޑަ ކުއްޖަކު ވެއްޓި ނިޔާވުމާ ގުޅިގެން އުސް އިމާރާތްތަކުގެ ރައްކާތެރިކަމާ މެދު އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން އެފްޑީސީން ބުނެފައިވަނީ، މި ސާވޭގެ މައިގަނޑު ބޭނުމަކީ ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ އެޕާޓްމަންޓްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތައް ކަށަވަރުކޮށްދިނުން ކަމަށެވެ.

މި ސާވޭ ފެށުމުގެ މަސައްކަތުގެ ތެރެއިން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކަށް ޒިޔާރަތްކުރައްވައި، އެތަނުގައި ދިރިއުޅޭ އާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. އެފްޑީސީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްކަން ފާހަގަކުރައްވަމުން ހަމްދާން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެފްޑީސީއާއި އެމްއެންޑީއެފް ގުޅިގެން ހޭލުންތެރިކުރުވުމުގެ ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސެޝަންތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، އަލިފާނުގެ ހާދިސާތައް ދިމާވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ މުހިންމު އިރުޝާދުތައް ވެސް މި ސެޝަންތަކުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށް އެފްޑީސީން ވަނީ މައުލޫމާތުދީފައެވެ.

އެފްޑީސީން އިތުރަށް ބުނެފައިވަނީ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކަކީ އެތަނުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް އުފާވެރި އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި