Wednesday, 9 September 2026
Ads by

ކައުންސިލް ވަޒީފާ އަތޮޅުގެ އެހެން ރަށެއްގައި ހުރެގެން އަދާކުރެވޭނެ އުސޫލެއް އެކުލަވާލައިފި

ކައުންސިލް ވަޒީފާ އަތޮޅުގެ އެހެން ރަށެއްގައި ހުރެގެން އަދާކުރެވޭނެ އުސޫލެއް އެކުލަވާލައިފި

ވެލާނާގެ--- ފޮޓޯ: އެކި އެމްވީ

ރާއްޖޭގެ މީހުން ދިރިއުޅޭ ކުދި އާބާދީތަކުގެ ކައުންސިލްތަކަށް ބޭނުންވާ އިދާރީ މުވައްޒަފުން ނުލިބޭ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެ އަތޮޅެއްގެ އެހެން ރަށެއްގައި ހުރެގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

Ad Image
Ads by

ސިވިލް ސަރވިސް ކޮމިޝަނުން ހުސްވި އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އާންމުކޮށް އަމަލުކުރަން ފަށާފައިވާ ”އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު“ ގެ ދަށުން، ކައުންސިލްތަކުގެ އިދާރީ ވަޒީފާތަކަށް އެ އަތޮޅެއްގެ ކޮންމެ ރަށަކުން ވެސް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ.

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން، މިފަދަ ހާލަތްތަކުގައި ކައުންސިލްގެ އިދާރީ މަގާމުތަކަށް އިއުލާނުކުރަން ވާނީ އެ އަތޮޅެއްގެ ރައްޔިތުންނަށް ފުރުސަތު ލިބޭ ގޮތަށެވެ. އަދި ވަޒީފާއަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރަން ޖެހޭނީ އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެންނެވެ. އެހެންކަމުން ވަޒީފާއަށް މީހަކު ހޮވުމުގެ ކުރިން، އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއިން އެ ޖާގައާއި ފުރުސަތު ލިބެން ހުރިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މި އުސޫލުގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބަލަހައްޓަމުން ގެންދާނީ އެ މުވައްޒަފަކު މަސައްކަތަށް ނުކުންނަ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ނުވަތަ އެ އިދާރާއަކުން އެ ޒިންމާ ހަވާލުކޮށްފައިވާ އިސްވެރިއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އެހެން ނަމަވެސް، މުވައްޒަފަށް ދޭންޖެހޭ މުސާރައާއި އެހެނިހެން އެލަވަންސްތައް އަދި އިނާޔަތްތައް ދިނުމުގެ އެންމެހައި ޒިންމާތަކެއް އުފުލަން ޖެހޭނީ އެ މުވައްޒަފަކު ވަޒީފާއަށް ވައްދާފައިވާ އަސްލު ކައުންސިލް އިދާރާއިން ކަމަށް ސީއެސްސީގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި