Saturday, 24 October 2026
Ads by

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ފޮނުވަން ބީއެމްއެލްއަށް އެންގި ކަމަށް ބުނެ ފަތުރަނީ ފޭކު ސިޓީއެެއް!

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ފޮނުވަން ބީއެމްއެލްއަށް އެންގި ކަމަށް ބުނެ ފަތުރަނީ ފޭކު ސިޓީއެެއް!

ބީއެމްއެލްގެ މައި އިދާރާ---

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އެންގި ކަމަށް ބުނެ މީސް މީޑިއާގައި ދައުރުކުރަމުންދަނީ ސައްހަ ނޫން ފޭކު ސިޓީއެއް ކަމަށް ހޯމް ބީއެމްއެލް އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވީ، ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި ހޯމް މިނިސްޓްރީން އެ ބޭންކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެއް ކަމަށެވެ. އަދި ކަސްޓަމަރުންގެ ޒާތީ އަދި ބޭންކިންގ އެއްވެސް މައުލޫމާތެއް ބޭންކުން ހާމަކުރާނީ ބޭންކިންގ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި، ގާނޫނީ ގޮތުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާތަކުން ލިޔުމުން އެދި ހުށަހެޅުމުން އެކަނި ކަމަށްވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވީ، މީސް މީޑިއާގައި ދައުރުވަމުންދަނީ އެ މިނިސްޓްރީގެ ރަސްމީ ސިޓީއެއް ކަމަށް ދައްކަން ހަދާފައިވާ ފޭކު ލިޔުމެއް ކަމަށެވެ. އަދި ހޯމް މިނިސްޓްރީއަކީ ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، އެފަދަ އެއްވެސް މައުލޫމާތެއް ހޯދުމަށް އެއްވެސް ބޭންކަކަށް އަދި މާލީ އިދާރާއަކަށް ސިޓީ ފޮނުވާފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

ދައުރުވަމުންދާ ސިޓީގައިވާ ގޮތުން، ބައެއް މަސައްކަތްތެރިން ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެކައުންޓަށް 500 ޑޮލަރަށް ވުރެ އިތުރަށް ޖަމާކޮށްފައިވާ ފަރާތްތަކުގެ ވޭތުވެދިޔަ ހަ މަސް ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ހިއްސާކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ބޭންކުތަކުގައި ރައްކާކުރެވިފައިވާ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ބޭންކުތަކުގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވާއިރު، މިފަދަ ދޮގު ލިޔެކިޔުންތައް އުފައްދައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި