Sunday, 25 October 2026
Ads by

ޒަކާތް ނެގުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތައް ހިމެނޭ ފޮތުގެ އައު އިޞްދާރު ނެރެފި

ޒަކާތް ނެގުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތައް ހިމެނޭ ފޮތުގެ އައު އިޞްދާރު ނެރެފި

ޤާނޫނު ނަންބަރު 27/2025 (ޒަކާތުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކުލަވައިލެވިފައިވާ ’ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް‘ ފޮތުގެ ދެވަނަ އިޞްދާރު މިއަދު ރަސްމީކޮށް ނެރެފިއެވެ.

Ad Image
Ads by

މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮތުގެ ދެވަނަ އިޞްދާރު ނެރެދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ފޮތަކީ ޝަރުޢީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޒަމާނީ އަދި އަދާހަމަ އިރުޝާދުތަކެއް ހިމަނައިގެން ނެރެފައިވާ މުހިންމު އިޞްދާރެކެވެ. މިގޮތުން، އަލަށް އަދާހަމަކުރެވުނު މި އިޞްދާރުގައި ހިމަނާފައިވަނީ 1 ޖަނަވަރީ 2026 ގައި ޢަމަލުކުރަން ފެށުނު ޒަކާތުގެ އައު ޤާނޫނުގެ ދަށުން އުފައްދާފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތީން ގެނެވިފައިވާ މުހިންމު އިޞްލާޙުތަކެކެވެ.

އައު ޤާނޫނީ އޮނިގަނޑުގެ ދަށުން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން އިރުޝާދު ދެމުން ގެންދަނީ ޒަކާތާ ގުޅުންހުރި އެންމެހައި ސިޔާސަތުތަކާއި އުޞޫލުތައް އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެހެންކަމުން، މި ދެވަނަ އިޞްދާރުން ދައްކުވައިދެނީ ޒަކާތުގެ އައު ޤާނޫނާއެކު މި ދާއިރާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ހެޔޮ ކުރިއެރުންތަކެވެ. އަދި ޒަކާތުގެ އިދާރީ ކަންކަން ހިންގުމުގައި ބޭނުންވާ ޝަރުޢީ އަދާހަމަ މިންގަނޑުތައް ވެސް މި ފޮތުން ސާފުކޮށް ފޯރުކޮށްދެއެވެ.

މި ފޮތަކީ ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، އަދި ބެހުމުގެ އެންމެހައި މަސައްކަތްތަކުގައި ޝާމިލުވާ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް ވެސް ނުހަނު ބޭނުންތެރި، އަގުހުރި ރެފަރެންސަކަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން ޝަރުޢީ މިންގަނޑުތަކާ އެއްގޮތަށް، ދެފުށް ފެންނަ ހަމަހަމަ އުޞޫލުތަކެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ފޮތް މިހާރު މޯލްޑިވްސް ޒަކާތު ހައުސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.(ފޮތުގެ ލިންކް:

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި