Wednesday, 9 September 2026
Ads by

އެސްޓީއޯ ދެކުނު ފޯރި މިއަހަރުވެސް ކުލަގަދަކޮށް ބާއްވައިފި

އެސްޓީއޯ ދެކުނު ފޯރި މިއަހަރުވެސް ކުލަގަދަކޮށް ބާއްވައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ދެކުނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ”ދެކުނު ފޯރި“ ހަރަކާތް މިއަހަރުވެސް ވަރަށް ކުލަގަދަކޮށް އައްޑޫ ސިޓީގައި ބާއްވައިފިއެވެ.

Ad Image
Ads by

ޖުމްލަ 6 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އިވެންޓުގައި އެސްޓީއޯގެ ލ. ފޮނަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ އައުޓްލެޓްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، އެކުވެރިކަން ބަދަހިކޮށް، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމާއި، ތަމްރީނާއި ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމެވެ.

މި އިވެންޓުގެ ތެރެއިން މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ތަފާތު ޓްރެއިނިންގ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި:

  • ފަސްޓް އެއިޑް ޓްރެއިނިންގ
  • ފަޔަރ އެވެއަރނަސް ޓްރެއިނިންގ
  • ފޯނުން މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭ އަދަބުތަކާއި އުސޫލުތައް
  • ޓީމް ބިލްޑިންގ ހަރަކާތްތައް
  • މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައިން
  • ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަންތައް ހިމެނެއެވެ.

މީގެއިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ޕޮއިންޓް ދޭ އުސޫލުން ތަފާތު ރެކްރިއޭޝަނަލް ކުޅިވަރު މުބާރާތްތައްވެސް ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި ވޮލީބޯޅަ، ޗެސް އަދި ކެރަމް މުބާރާތް ހިމެނެއެވެ. މި މުބާރާތްތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ.

”ދެކުނު ފޯރި“ ނިންމުމުގެ ގޮތުން ޚާއްޞަ ޑިނަރ ނައިޓެއް ވަނީ ބާއްވާފައެވެ. މި ހަފުލާގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޑިނަރ ނައިޓުގައި ހަރަކާތްތަކުން ވަނަތައް ހޯދި މުވައްޒަފުންނާއި ޓީމުތަކަށް ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި