Wednesday, 9 September 2026
Ads by

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރަކީ %100 ދިވެހި ރައްޔިތުންގެ މިލްކެއް: ސައީދު

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރަކީ %100 ދިވެހި ރައްޔިތުންގެ މިލްކެއް: ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙާއްމަދު ސަޢީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކ. ތިލަފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކީ 100 އިންސައްތަ ދިވެހި ރައްޔިތުންގެ މިލްކިއްޔާތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަރައްގީކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން ދިވެހިންނަށް އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ.

މާތްﷲ ގެ ވާގިފުޅާއެކު، ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފަށައި، އަދި ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހި ރައްޔިތުންނަށް އެންމެ މަންފާހުރި މަޝްރޫއަކަށް ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ވެގެންދާނެ ކަމަށް މިނިސްޓަރު ސަޢީދު ވަނީ ވިދާޅުވެފައެވެ. އަދިހަމައެހެންމެ މި މަޝްރޫއު ނިމިގެންދިއުމުން އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ސަޢީދު ވަނީ، މިފަދަ ބޮޑު ހަގީގަތެއް ގަބޫލުކުރަން ބޭނުންނުވާ ފަރާތްތަކުން، ތިލަފުށީ ބަނދަރާ މެދު ބުހުތާނު ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވައިފައެވެ. މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެމަނިކުފާނަށް ރައްދުދެއްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު އިންޑިއާގެ ކުންފުންޏަކަށް ދީފައެވެ. އަދި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށާއި، މާލޭ ވިޔަފާރި ބަނދަރުގައި ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައްތައް އެނގިވަޑައިގަންނަވާނީ އެ ތަފްސީލުތައް އަތްޕުޅަށް ލިބިވަޑައިގަތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީކުރުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާކޮށް، ވިޔަފާރީގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި