Friday, 4 September 2026
Ads by

މުސްލިމުން ކަމަށްބުނެ ނަމާދު ނުކުރާ މީހުން މުޖުތަމަޢުގައި އުޅޭތީ ޢަލީ ރަމީޒުގެ ކަންބޮޑުވުން

މުސްލިމުން ކަމަށްބުނެ ނަމާދު ނުކުރާ މީހުން މުޖުތަމަޢުގައި އުޅޭތީ ޢަލީ ރަމީޒުގެ ކަންބޮޑުވުން

މަންފާ ޖަމިއްޔާގެ ރައީސް އަދި ޗެއާމަން ޢަލީ ރަމީޒު...

މުސްލިމުން ކަމަށް ދަޢުވާކުރާއިރު، އެއްގޮތަކަށް ވެސް ނަމާދު ނުކުރާ މީހުން މި ދިވެހި މުޖުތަމަޢުގައި އުޅޭތީ އެކަމާ ހައިރާންވެ އަންތަރީސްވާ ކަމަށް ވިދާޅުވެ، މަންފާ ޖަމިއްޔާގެ ރައީސް އަދި ޗެއާމަން ޢަލީ ރަމީޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ad Image
Ads by

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޢަލީ ރަމީޒު މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް މި ރާއްޖޭގައި، މުސްލިމުން ކަމަށް ބުނެ އެއްވެސް ވަރަކަށް ނަމާދު ނުކޮށް ދިރިއުޅޭ މީހުން ފެނުމަކީ ނުހަނު ހިތާމަހުރި އަދި އެހާމެ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މީހުން ނަމާދު ނާޅައި، އެ މުހިންމު ފަރުޟު ދޫކޮށްލައިގެން އުޅެނީ ކިހިނެއް ވެގެންބާވައޭ ހިތަށްއަރާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިސްލާމްދީނުގެ ދެވަނަ ރުކުނަކީ ނަމާދު ކަމަށްވާއިރު، މުސްލިމެއްގެ އެންމެ މުހިންމު ވާޖިބަކީ ވަގުތުން ވަގުތަށް ނަމާދު ޤާއިމުކުރުން ކަމަށް ދީނީ ޢިލްމުވެރިން އަބަދުވެސް ހަނދާންކޮށްދެއްވައެވެ.

ޢަލީ ރަމީޒަކީ މީހުން ޝައުޤުވެރިވާނެ ފަދަ ތަފާތު ގޮތްގޮތަށް މީސްމީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ދީނީ ހޭލުންތެރިކަން ފެތުރުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަންފާ ޖަމިއްޔާ އުފެދުމުގެ ކުރިން، އޭނާއަކީ ދީނީ ދަޢުވަތު ފެތުރުމުގައި ރާއްޖޭގައި އިސްކޮށް ޙަރަކާތްތެރިވާ ޖަމިއްޔަތުއް ސަލަފުގެ ވެސް އިސް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢަލީ ރަމީޒު އ ވިދާޅުވި ފަދައިން މިއީ މިރާއްޖޭގެ ސައްތައިން ސައްތަ މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ ޙާލަތެވެ.
އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ފަރުޟު ކުރައްވާފައިވާ މި އަޅުކަންތަކާމެދު ނިކަން ވިސްނާލަމާތޯއެވެ! އެއިން އެންމެ ރުކުނެއް ފިޔަވައި ދެންހުރި ކޮންމެ ކަމަކީވެސް ބައެއް ޙާލަތްތަކުގެ އަޅުތަކުން އަދާކުރަން ޖެހޭ އަޅުކަންތަކެވެ.

ފަރުޟު ޒަކާތް ވާޖިބުވަނީ މުދަލުގެ ތެރެއިން ނިޞާބު ހަމަވެ، އަހަރު ހަމަވެފައިވާ މުދަލުގެ ވެރީންގެ މައްޗަށެވެ. ދަތުރުވެރިންނާއި ބަލިޙާލުގައިވާ މީހުންނަކީ ފަރުޟު ރޯދަ ދޫކޮށްލުމުގެ ހުއްދަ ދެއްވާފައިވާ މީހުންނެވެ. ޙައްޖު ކުރުން ވާޖިބުވެގެންވަނީ، ޢުމުރުން އެއްފަހަރު، އެކަމަށް ކެރިކުޅަދާނަވެގެންވާ މީހަކަށް އެކަންޏެވެ.

ނަމަވެސް، ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ރެޔަކާއި ދުވާލު ފަރުޟު ކުރައްވާފައިވާ ފަސްނަމާދު، ބަލިޙާލުގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ނޫނީ މަސައްކަތުގައި ބުރަކޮށް އުޅެއްޖެހުމުންގެ ސަބަބުން އެ ނަމާދުތައް ފަސްކުރުމަށް، ނުވަތަ އަދާ ނުކުރުމަށް އެއްވެސް އުޒުރެއް ނެތެވެ. ދަތުރު ވެރިންނާއި، ބަލި ހާލުގައިވާ މީހާއަށްވަނީ ލުއިތަކެއް ދެއްވާފައެވެ. ފެން ލިބެން ނެތް މީހާއަށް އޮތީ ތަޔައްމަމު ކުރުމެވެ. ނަމަވެސް ނަމާދު ވަގުތުން ފަސްކޮށްލުމުގެ އިޒުނަ ދެއްވާފައެއް ނުވެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ * فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ ﴾ [البقرة: 238، 239] މާނައީ: “ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ! * ފަހެ، ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާތިބެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް أمانކަން ލިބިއްޖެނަމަ، ފަހެ، ތިޔަބައިމީހުން، ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނުގޮތަށް ނަމާދު ކުރާށެވެ!) ތިޔަބައި މީހުންނަށް އެނގިގެންނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ފަދައިންނެވެ.” އެއްވެސް ޙާލެއްގައި ނަމާދު ނުކޮށް ދޫކޮށްލުމަކަށް ފުރުޞަޠެއް ނެތެވެ.

ދަންނާށެވެ! ތިމާއާއި ކުފުރާއި ޝިރުކާ ވަކިކޮށްދޭ ފާހަގައަކީ ނަމާދެވެ. ނަމާދު އަޅައިފި މީހާ ޝިރުކު ކޮށްފި ކަމުގައި ނުވަތަ ކުފުރުވެއްޖެ ކަމުގައި ވަނީ ޙަދީޘް ކުރައްވާފައެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. “لا تَتْرُكَنَّ الصلاةَ متعمِّدًا، فإنَّهُ من تَرَكَ الصَّلاةَ مُتَعَمِّداً فقد برِئَتْ منه ذِمَّةُ الله ورسُولِه” رواه البخاري في أدب المفرد މާނައީ: “ޤަޞްދުގައި ނަމާދު ނާޅާށވެ. އެހެނީ ޤަޞްދުގައި ނަމާދު އަޅައިފި މީހާވަނީ ﷲ އާއި އެކަލާނގެ ރަސޫލާގެ ޒިންމާއިން ބޭރުވެފައިވެއެވެ.”

ލޮބިވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދަކީ ވަޤުތު ކަނޑައެޅިގެންވާ ގޮތުގައި އަދާކުރުމަށް މުއުމިނުތަކުންގެ މައްޗަށް ފަރުޟު ކުރެއްވުނު އަޅުކަމެކެވެ. އަދި ނަމާދުތަކުގެ ވަޤުތުތައް ސުންނަތުގައިވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އަދި ނަމާދު ވަޤުތު ފާއިތުވަންދެން ނުކޮށް ހުރުމަކީ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. ނަމާދަށް ރައްކާތެރިވެލައްވާށެވެ!

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
IMG_8508
ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
big_719XEKUPmsPcevsYKHnbkRlPu
ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް ބެލެހެއްޓުން ލާޒިމުކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.