Saturday, 24 October 2026
Ads by

އެންސްޕާގެ އިޖުތިމާއީ އެހީގެ ޕްރޮގްރާމްތަކަށް އަލުން ރަޖިސްޓަރީވާން ހުޅުވާލައިފި

އެންސްޕާގެ އިޖުތިމާއީ އެހީގެ ޕްރޮގްރާމްތަކަށް އަލުން ރަޖިސްޓަރީވާން ހުޅުވާލައިފި

އެންސްޕާގެ މައި އިދާރާ---

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތައް ލިބެމުންދާ ފަރާތްތަކުން، އެ އެހީތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އަލުން ރަޖިސްޓަރީވުމަށް އެ އެޖެންސީން އަންގައިފިއެވެ.

Ad Image
Ads by

އެންސްޕާއިން ކުރި އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އަލުން ފޯމު ހުށަހަޅަން ޖެހެނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފުތަރުގައި ހިމެނި، މިހާރުވެސް އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައިވެސް އެހީ ބޭނުންވާ ފަރާތްތަކެވެ. އަދި އެ ފަރާތްތަކުން އަންނަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ’ވަން ގަވް‘ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

މިގޮތަށް އަލުން ރަޖިސްޓަރީވާން ޖެހޭ އެހީގެ ޕްރޮގްރާމްތަކަކީ:

  • ފަގީރު ހާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ.
  • ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުން ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީ.
  • ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ.

އެންސްޕާއިން ފާހަގަކުރި ގޮތުގައި، އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާންމު ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެހީ ލިބޭ ފަރާތްތަކަށް އެހީ ދޫކުރެވެނީ މީލާދީ ދެ އަހަރު ދުވަހުގެ މުއްދަތަށް މަހުން މަހަށެވެ. އެހެންކަމުން، ގަވާއިދުގައިވާ މުއްދަތު ހަމަވުމުން އެހީގެ ޝަރުތުތައް އަދިވެސް ފުރިހަމަވޭތޯ ކަށަވަރުކުރުމަކީ ގާނޫނީ ގޮތުން ލާޒިމުކަމެކެވެ.

މީގެއިތުރުން، ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ފޯމު ހުށަނާޅާ ފަރާތްތަކަށް ދެމުންދާ އެހީ މެދުކެނޑޭނެ ކަމަށާއި، އެފަދަ ފަރާތްތަކަށް އަލުން އެހީ ލިބޭނީ އާ ފޯމެއް ހުށަހަޅައި، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް އަލުން ބެލުމަށްފަހު ޝަރުތު ހަމަވާނަމަ ކަމަށްވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 22:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި