Wednesday, 2 September 2026
Ads by

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އާއިލާއަކަށް ލިބޭނެ އަގުނުކުރެވޭ ފަދަ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އާއިލާއަކަށް ލިބޭނެ އަގުނުކުރެވޭ ފަދަ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު---

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އިންސާނެއްގެ ހަޔާތުގައި ލިބޭނެ ވަރަށް ހާއްސަ އަދި އެހާމެ ބާއްޖަވެރި އިހުސާސެއް ކަމަށާއި، އެއީ ކޮންމެ އާއިލާއަކަށްވެސް އަގުނުކުރެވޭނެ ފަދަ ބޮޑު ނިޢުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހާއްސަ މެސެޖުގައެވެ. އެކަމަނާގެ މެސެޖުގައި ވަނީ ދިވެހި ކޮންމެ މާމައަކާއި ކާފައަކަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމާއި އުފާފާގަތި ކަމަށް އެދިވަޑައިގެން، މި އުފާވެރި ދުވަހުގެ އިހުލާސްތެރި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައެވެ.

ރާއްޖޭގައި މާމަ ކާފަ ދުވަސް ގައުމީ ފެންވަރުގައި ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަސް މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއީ މުޖުތަމައުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އަދާކޮށްދޭންޖެހޭ ޒިންމާތަކުގެ މަތިން ހަނދާން އާކޮށްދޭ ނުހަނު މުހިންމު ދުވަހެކެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ބައިވެރިވުން އާއިލާއާއި މުޖުތަމައުގައި އިތުރުކުރުމާއެކު، އެ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް އަދާކުރަންޖެހޭ ހައްގުތަކާއި ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
b_k4WrvFwnmjRKv5a37brOyCKia
ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެންމީހާ އަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
madam sajdha
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އާއިލާއަކަށް ލިބޭނެ އަގުނުކުރެވޭ ފަދަ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
471426_09a4042a-c_
ނޯވޭގެ އާ ރަސްގެފާނަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް