Wednesday, 2 September 2026
Ads by

މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ މުޖްތަމައުގެ ޒިންމާއެއް: ރައީސް

މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ މުޖްތަމައުގެ ޒިންމާއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމައު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވަނީ މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ހަބަރުން، މުޅި ގައުމަށްވެސް ނުތަނަވަސް އަދި ހިތާވެރި އިހްސާސްތަކެއް ކޮށްފިކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެ ދެ މަރްހޫމުން، ސުވަރުގޭގެ މަތިވެރި ނިއުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުއާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމައު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގޭގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި އާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުއިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން، ހާއްސަ އިސްކަމެއްދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތައް، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސްކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
madam sajdha
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އާއިލާއަކަށް ލިބޭނެ އަގުނުކުރެވޭ ފަދަ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
471426_09a4042a-c_
ނޯވޭގެ އާ ރަސްގެފާނަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
muizzu
މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ މުޖްތަމައުގެ ޒިންމާއެއް: ރައީސް
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް