Saturday, 24 October 2026
Ads by

ޕީއެސްއައިޕީގެ ދަށުން 4 ރަށެއްގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ފޮނުވުމުގެ މަސައްކަތް އާރްޑީސީން ފަށައިފި

ޕީއެސްއައިޕީގެ ދަށުން 4 ރަށެއްގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ފޮނުވުމުގެ މަސައްކަތް އާރްޑީސީން ފަށައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރާއްޖޭގެ ހަތަރު ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

Ad Image
Ads by

މި މަސައްކަތުގެ ދަށުން އާރްޑީސީން ތަކެއްޗާއި ވެހިކަލްތައް ފޮނުވަމުންދަނީ ލ. ގަން، ލ. ހިތަދޫ، ގއ. ދާންދޫ އަދި ގއ. ގެމަނަފުށްޓަށެވެ. މިއީ އެ ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށްޓަކައި ކުރެވެމުންދާ މަސައްކަތެކެވެ.

ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުތައް އަވަހަށް ނިންމުމަށްޓަކައި، އާރްޑީސީން މިހާރު ދަނީ މަސައްކަތަށް ބޭނުންވާ ބޮޑެތި މެޝިނަރީތަކާއި، ވެހިކަލް އަދި ޢިމާރާތްކުރުމުގެ ސާމާނު އެ ރަށްރަށަށް ގެންދިއުމަށްޓަކައި ބަރުކުރަމުންނެވެ.

އާރްޑީސީން މަޢުލޫމާތު ދޭ ގޮތުގައި މި ތަކެތި ރަށްރަށަށް ފޯރުމާއެކު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ފެށިގެންދާނެއެވެ. އަދި މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ