Tuesday, 1 September 2026
Ads by

މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކުރެވިފައި: ޝިޔާމް

މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކުރެވިފައި: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާތަނަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަން ރުފިޔާގެ ބޮޑު ބެކްލޮގެއް އޮތެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ދެއްވި ހާއްސަ އިސްކަމާއި ސަމާލުކަމުގެ ދަށުން، އެ ބެކްލޮގް އެއްކޮށް ހަލާސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އޭގެ ފަހުން، ރައީސް މުޢިއްޒުގެ ވައުދާ އެއްގޮތަށް މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، ނިމިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް މަސްވެރިންގެ އެކައުންޓުތަކަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްދެވިފައެވެ.

ކިރާ މަހަށް ގަވާއިދުން ފައިސާ ނުލިބި ދިގުލައިގެން ދިއުމަކީ މަސްވެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކުން އަބަދުވެސް ކުރަމުންދިޔަ ބޮޑު ޝަކުވާއެކެވެ. މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ނުކުންނަ ދިވެހި ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔަނަމަވެސް، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދު ފުރިހަމައަށް ތަންފީޒުކޮށް، މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މިވަނީ އަމަލީ ދާއިމީ ހައްލެއް ހޯދައިދޭން ފަށައިފައެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް، އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް ހެދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
shiyam
މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކުރެވިފައި: ޝިޔާމް
IMG_8450
ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މުހިންމު މަޝްވަރާތަކެއް ކޮށްފި
Screenshot 2026-09-01 at 14.26
ރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުކުރުމާއި އިޤްތިޞާދީ ކުރިއެރުމުގައި ދިވެހި ފައިސާގެ ދައުރު
thinadhoo hospital
ތިނަދޫ ސިޓީ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް