މި އަހަރުގެ ގައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކޮންމެ އަހަރެއްގެ ވެސް 30 އޮގަސްޓް ވަނަ ދުވަހު ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު މި އަހަރު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ބޭއްވި ހަރަކާތްތަށް އަމާޒުކުރެވިގެން ދިޔައީ، އިންޖީނިއަރިންގގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށެވެ.
އެގޮތުން، މި ދާއިރާއިން ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން، އެސްޓީއޯގެ ޓްރެއިނިންގެ އިންސްޓިޓިއުޓްގައި އިވެންޓެއް ވަަނީ ކުރިއަށްގެންދެވިފައެވެ. ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގގެ ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު މި އިވެންޓު ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީއެވެ. ޗާންސެލަރ ގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް، އަދި އެސްޓީއޯއާއި އެމްއެންޔޫގެ އިސްވެރިން އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި އިވެންޓުގައި، އެސްޓީއޯ ކޮންސްޓްރަކްސް ސޮލިއުޝަންސުން، ރާއްޖޭގެ ކޮންސްޓްރަކްޝަންސް ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން، ބައިވެރިންނަށް ކުރުގޮތަކަށް މައުލޫމާތު ދެވިގެން ދިޔައެވެ.
މި އިވެންޓަށްފަހު، އިވެންޓުގައި ބައިވެރިވި ދަރިވަރުންނާއިއެކު ސައިޓް ވިޒިޓްތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށް ޒިޔާރަތްކޮށް އަދި އެތަނުގެ ކޮންކްރީޓް ލެބްގައި ކުރެވޭ މަސައްކަތްތަށް، ބައިވެރިންނަށް ދައްކާލެވިގެންދިޔައެވެ. މީގެ އިތުރުން، މަކިޓާ ޝޯރޫމްއަށާއި ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގެ ޓެކްނޮލޮޖީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށްވެސް ބައިވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އިންޖިނިއަރިންގެ ޓެކްނިކަލް އެންމެ ބޮޑު އެއް މަސައްކަތްކަމަށްވާ އެލަވޭޓަރ ނުވަތަ ލިފްޓް އިންސްޓޮލޭޝަން މަސައްކަތްކުރާ ސައިޓަކަށް ޒިޔާރަތްކޮށް އަމަލީގޮތުން މި މަސައްކަތް ކުރާގޮތް ވަނީ ދައްކާލެވިފައެވެ.













