Tuesday, 1 September 2026
Ads by

އިންޖިނިއަރިންގ އާއި ގުޅުންހުރި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އިންޖިނިއަރިންގ އާއި ގުޅުންހުރި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް މުޢިއްޒުއާއެކު އިންޖިނޭރުކަން ކިޔަވާ 2 ކުދިން މަޝްވަރާކުރަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސައިންސާއި، އިންޖިނިއަރިންގ އަދި ހިސާބުގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް، ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

އެމަނިކުފާނު މި ޔަގީންކަން ދެއްވާފައިވަނީ، ”ދަ ޕަލްސް“ ޕްރޮގުރާމުގެ 7 ވަނަ އެޕިސޯޑުގައި، އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ދެ ދަރިވަރުންނާ ވާހަކަފުޅުދައްކަވަމުންނެވެ. މިއަދު ފާހަގަކުރަމުންދާ، ގައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ”ދަ ޕަލްސް“ ގެ މިރޭގެ އެޕިސޯޑު ހާއްސަކޮށްފައިވަނީ ރައީސް މުޢިއްޒު، އިންޖިނިއަރިންގ ދާއިރާގައި ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށާއި، އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގައި ހުރި ފުރުސަތުތަކާއި އެ ފަންނުގެ މުސްތަގުބަލާ މެދު އެމަނިކުފާނާއި ދެ ދަރިވަރުން ކުރެއްވި ދިރާސީ މަޝްވަރާއަށެވެ.

މި މަޝްވަރާގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންފައިވަނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންގހަމް ގައި، ބެޗެލަރ އޮފް އިންޖިނިއަރިންގ (އޮނަރސް) އިން އާކިޓެކްޗަރަލް އެންވަޔަރަމަންޓަލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރު، ޢާއިޝަތު ލީން ނާޒިމް އާއި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމް ގައި ބެޗެލަރ އޮފް އިންޖިނިއަރިންގ (އޮނަރސް) އިން މެކޭނިކަލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރު، މަޚްތޫމް ބިން ޙުސައިންއެވެ.

އިންޖިނިއަރިންގ ފަދަ ސައިންސަށް ބަރޯސާވާ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު ދަރިވަރުން ކުރި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވަނީ، އެފަދަ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހިތްވަރުދެއްވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން، ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުން ކިޔަވާނޭ ސްޓްރީމް އިހުތިޔާރުކުރާ ހިސާބުން ވެސް، ސައިންސްގެ އަދި ހިސާބު މާއްދާތަކާއެކު ހުރި ފުރުސަތުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ހަޔަރ އެޑިއުކޭޝަން ލޯން ދޫކުރުމުގައި އެފަދަ ދާއިރާތަކަށް އިސްކަންދިނުމާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ތެރެއިން އެފަދަ ވަޒީފާގެ ފުރުސަތުތައް ފަހިކުރެވޭނޭ ފަދަ ސިޔާސަތުތައް ބައްޓަންކުރައްވަމުން ގެންދަވާނޭކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި، ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ލޯނުގެ ދެބައިކުޅަ އެއްބައި، ސައިންސް، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ބޭސްޑް ދާއިރާތަކަށް ހާއްސަކުރައްވާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، ކުރިއަށް އޮތް 3 އަހަރާއި 5 އަހަރާ ދެމެދުގައި ދިވެހި ފަންނުވެރިން މި ދާއިރާތަކުގައި ނަގާކިޔާ މަންޒަރު ކަމަށެވެ.

ދަރިވަރުންނާ މަޝްވަރާކުރައްވަމުން ރައީސް ވަނީ، ސިންދަފާތު ގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން، 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖެއަށް ބޭނުންވާ ހަކަތައިގެ މަދުވެގެން ތިރީސް އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން، ކަނޑުގެ ލޮނުގަނޑުން ހަކަތަ އުފެއްދުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވެސް ދިރާސާކުރެވެންވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިޔާދަނުކުރެވޭ ހަކަތައިން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށްދަނީ، ވަށާޖެހޭ ގޮތެއްގައިކަން ކަށަވަރުކުރެއްވުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ދަ ޕަލްސް“ ގެ މިރޭގެ އެޕިސޯޑުގައި ވަނީ، އިންޖިނިއަރެއްގެ ހައިސިއްޔަތުން ރައީސް މުޢިއްޒުގެ ވަނަވަރު ދައްކުވައިދޭ ރިޕޯޓެއް ގެނެސްދެއްވައިފައެވެ. މި ރިޕޯޓަށް، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، އެމަނިކުފާނުގެ ތައުލީމީ ހަޔާތާއި ހިދުމަތުގެ ޙަޔާތުގައި ބައްދަލުވެވަޑައިގެންނެވި މަސައްކަތްތެރިންނާއި، ރަހުމަތްތެރީންނާއި، މުދައްރިބުންގެ ބަސްދީގަތުން ވެސް ހިމަނާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot 2026-09-01 at 10.55
ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ
ADB4F491-4ECC-4C12-985B-4A125E762E73
ކަޅު ބަޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގެންފި
20260901_081640
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ހުއްޓުވައި 88 ތެޔޮ މަނަވަރެއް ހުއްޓުވައިފި
Phase2_vinares
ވިނަރެސް ސަރަހައްދުގައި ހިނގި ނުރަައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް