Saturday, 24 October 2026
Ads by

ޕީއެންސީގެ ކޮންގްރެސްގެ މުހިންމު މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު 1 ގައި ހުޅުވާލަނީ

ޕީއެންސީގެ ކޮންގްރެސްގެ މުހިންމު މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު 1 ގައި ހުޅުވާލަނީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ މަތީ މަޖިލީހާއި އެކި ގުނަވަންތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

Ad Image
Ads by

މިކަން ހާމަކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލްއެވެ . ފިރުޒުލް ވިދާޅުވީ، ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ބާއްވާ މި ކޮންގްރެސްގައި ގިނަ އަދަދެއްގެ މުހިންމު މަގާމުތަކަކަށް މީހުން އިންތިޚާބު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތަކީ ސެޕްޓެމްބަރު 1 އިން ފެށިގެން އެ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންގްރެސްގައި އިންތިޚާބު ކުރަން ހަމަޖެހިފައިވާ މައިގަނޑު މަގާމުތަކުގެ ތެރޭގައި:

  • ޕާޓީގެ ނައިބު ރައީސްކަމުގެ 6 މަގާމު
  • މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރުން
  • މެންބަރުންގެ މަޖިލީހަށް ޒުވާނުންނަށް ޚާއްސަ ގޮނޑިތައް
  • މެންބަރުންގެ މަޖިލީހަށް އަންހެނުންނަށް ޚާއްސަ 10 ގޮނޑި
  • އަންހެނުންގެ ހަރަކާތުގެ ރައީސާ، ނައިބު ރައީސާ، ސެކްރެޓަރީ އަދި ޚަޒާންދާރު
  • ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރު

 

ފިރުޒުލް އިތުރަށް ވިދާޅުވީ، މަގާމުތަކަށް ކުރިމަތިލުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ ޕާޓީގެ ވެބްސައިޓުގައި ޤާއިމުކުރެވޭ ޚާއްސަ ޑިޖިޓަލް ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު އައިޑީކާޑުގެ މައުލޫމާތާއި، ފޮޓޯގެ އިތުރުން ވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ސާފުކޮށްފައިވާ ޕޮލިސް ރިކޯޑާއި ކޯޓުތަކުގެ ކުށުގެ ރިކޯޑު ހުށަހަޅަންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ ޕާޓީގެ އެކި ގުނަވަންތަކުގެ މަންދޫބުންނަށް މިހާރު ދައުވަތު ފޮނުވިފައިވާ ކަމަށާއި، އެ ބޭފުޅުންގެ ދަތުރުފަތުރާއި އިދާރީ އިންތިޒާމުތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި ރެޖިސްޓްރޭޝަން ޕޯޓަލް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ތިބި ޕީއެންސީގެ މެންބަރުން މި ކޮންގްރެސްއަށް ވަރަށް ބޮޑު ތައްޔާރީތަކެއް ވަމުން އަންނަކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، ކޮންގްރެސްއާ ގުޅިގެން މެންބަރުންނަށް ބޭނުންވާ މައުލޫމާތުތައް ފަސޭހައިން ފޯރުކޮށްދިނުމަށާއި އެހީތެރިކަން ދިނުމަށް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހާއްސަ ކޯލް ސެންޓަރެއްގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި މި އިންތިޚާބާ ގުޅޭ އިތުރު ތަފުސީލުތައް ހިމެނޭ އިއުލާނު މިރޭގެ ވަގުތެއްގައި ޕާޓީގެ ވެބްސައިޓުގައި ޝާއިއުކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި