Saturday, 24 October 2026
Ads by

’ޚައިބަރު ޚައިބަރު ޔާ ޔަހޫދު‘ ޝިޢާރު ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި މީހަކު ލަންޑަން ފުލުހުން ހޯދަނީ

’ޚައިބަރު ޚައިބަރު ޔާ ޔަހޫދު‘ ޝިޢާރު ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި މީހަކު ލަންޑަން ފުލުހުން ހޯދަނީ

ލަންޑަންގެ ސެއިންސްބަރީޒް ސުޕަމާކެޓެއްގައި، ޢަރަބި ބަހުން 'ޚައިބަރު ޚައިބަރު ޔާ ޔަހޫދު' ލިޔެފައިވާ ޓީޝާޓެއް ލައިގެން ފިރިހެން މީހަކު ހުރިތަން. (ލަންޑަން ނިއުސް) >

ލަންޑަންގެ ސުޕަމާކެޓެއްގެ ތެރޭގައި ޔަހޫދީންނާ ދެކޮޅު ނަފްރަތުގެ އިންޒާރެއް (”ޚައިބަރު ޚައިބަރު ޔާ ޔަހޫދު“) ލިޔެފައިވާ ޓީޝާޓެއް ލައިގެން ހުރި މީހަކު ހޯދުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ފުލުހުން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އޯގަސްޓް 14 ވީ ދުވަހު، އުތުރު ލަންޑަންގެ ހޭރިންގޭގައި ހުންނަ ސެއިންސްބަރީސް ސުޕަމާކެޓެއްގެ ތެރޭގައެވެ. އެ ވަގުތު ކުދިންނާއެކު ވިޔަފާރިކުރަން ގޮސް ހުރި ޔަހޫދީ އާއިލާއަކުން ވަނީ މި މައްސަލަ ފުލުހުންނަށާއި ”ކެމްޕޭން އަގެއިންސްޓް އެންޓިސެމިޓިޒަމް“ (ސީއޭއޭ) އަށް ރިޕޯޓުކޮށްފައެވެ.

Ad Image
Ads by

ޓީޝާޓުގައިވާ ”ޚައިބަރު“ ޝިޢާރު ގުޅެނީ 7 ވަނަ ޤަރުނުގައި ޔަހޫދީންނާއެކު ހިނގި ޚައިބަރު ހަނގުރާމައަށް ނިސްބަތްކޮށް، ”ޔަހޫދީންނޭވެ، މުޙައްމަދުގެފާނުގެ ލަޝްކަރު އެނބުރި އަންނަނީ އިސްލާމީ ޝިޢާރާއެވެ. ފުލުހުންނަށް ފުރަތަމަ މި ޝިޢާރުގެ މާނަ ދެނެގަނެވިފައި ނުވި ނަމަވެސް، ޚާއްޞަ އޮފިޝަލުންގެ މަޝްވަރާއަށްފަހު މިހާރު ވަނީ ނަސްލީގޮތުން ނަފްރަތު އުފެއްދުމުގެ މައްސަލައެއްގެ ގޮތުގައި ރެކޯޑުކޮށް، ސީސީޓީވީ މެދުވެރިކޮށް އެ މީހާ ދެނެގަތުމުގެ ތަޙްޤީޤު ފަށާފައެވެ.

އިނގިރޭސި ސަރުކާރުން މުސްލިމުންނާމެދު ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތު

އިނގިރޭސިވިލާތުގެ ކްރައިމް އެޖެންސީތަކުން ޔަހޫދީންނަށް ދެކޮޅަށް ނިސްބަތްވާނެހެން ޝިޢާރެއް ޓީޝާޓުގައި ޖެހި މީހެއް ހޯދަން އަތްފުނާއަޅާއިރު އެބީދައިން މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފައްދާ (އިސްލާމޯފޯބިއާ) ކުށްތަކާ ދެކޮޅަށް މަސައްކަތްނުކުރާ ކަމުގެ ތުހުމަތު އަބަދުވެސް ދަނީ ކުރެވެމުންނެވެ. މުސްލިމުންނަށް އަމާޒުކޮށް ހިންގަމުންދާ ޖަރީމާތައް އިތުރުވަމުންދާއިރު، ލަންޑަންގެ ކަމާބެހޭ އިދާރާތަކުންނާއި ފުލުހުންގެ ޚިދުމަތުން އެފަދަ ނަފްރަތުގެ ޢަމަލުތަކަށް އެކަށީގެންވާ ފިޔަވަޅު ނާޅައި، މުސްލިމުންނަށް އަމާޒުކޮށްދޭ ހަމަލާތަކަށް އަންނަނީ މޫނު އަނބުރާލަމުންކަމަށް މުސްލިމުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ތުހުމަތުކުރެއެވެ.

މުސްލިމް އެންގޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް (އެމްއީއެންޑީ) އަދި އިސްލާމޯފޯބިއާ ރެސްޕޯންސް ޔުނިޓް (އައިއާރުޔޫ) ފަދަ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، އިނގިރޭސިވިލާތުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފްރަތުގެ ޢަމަލުތަކާ މެދު ޢަމަލުކުރަނީ ދެފުށްފެންނަ އުޞޫލަކުން ނޫނެވެ. ލަންޑަންގެ މެދުތެރޭގައި ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ގްރޫޕްތަކުން ބާއްވާ އެއްވުންތަކުގައި އިސްލާމްދީނާ ދެކޮޅަށް ފާޅުކަން ބޮޑުކޮށް ވަކާލާތުކޮށް، މުސްލިމުންނާ މެދު ނަފްރަތު އުފައްދާއިރުވެސް ފުލުހުން އަވަސް ފިޔަވަޅެއް ނާޅާކަން ފާހަގަކުރެވެއެވެ. މުސްލިމުންނަށް އަމާޒުކޮށް ހިންގާ ދީނީ ނަފްރަތުގެ ބޮޑެތި ޖަރީމާތައް، އާދައިގެ ކުދި މައްސަލަތަކުގެ ގޮތުގައި ރެކޯޑުކުރުމުގެ ސަބަބުން ކުށްވެރިންނަށް އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ ޓެރަރިޒަމާ ދެކޮޅަށް އެކުލަވާލާފައިވާ ’ޕްރިވެންޓް‘ ސިޔާސަތަކީ މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ހަރުކަށި (ޑްރެކޯނިއަން) ސިޔާސަތެއްގެ ގޮތުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ސިފަކުރެއެވެ. މި ސިޔާސަތުގެ ސަބަބުން މުޖުތަމަޢުގައޖ މުސްލިމުންގެ ސިޔާސީ އަދި ދީނީ ޚިޔާލުފާޅުކުރުމަށް ހުރަސްއެޅި، މުޅި މުސްލިމް މުޖުތަމަޢު ކުށްވެރިންގެ ނަޒަރުން ބަލައި، ޖާސޫސުކޮށް ފާރަވެރިކަމުގެ ދަށަށް ގެނެވިފައިވާކަމުގެ ޝަކުވާތަކާއި ރިޕޯޓުތައް ދަނީ އިތުރުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި