Tuesday, 1 September 2026
Ads by

އިންޖިނިއަރިންގ ދާއިރާއިން ތަހުލީލާއި ދިރާސާތައް ކުރެވޭ ފެންވަރުގެ ލެބޯޓަރީއެއް ރާއްޖޭގައި ތަރައްގީކުރަނީ

އިންޖިނިއަރިންގ ދާއިރާއިން ތަހުލީލާއި ދިރާސާތައް ކުރެވޭ ފެންވަރުގެ ލެބޯޓަރީއެއް ރާއްޖޭގައި ތަރައްގީކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިންޖިނިއަރިންގ ދާއިރާއިން ތަހުލީލާއި ދިރާސާތައް ކުރެވޭ ފެންވަރުގެ ލެބޯޓަރީއެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، މިއަދު ފާހަގަ ކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަލަށް ތަރައްގީކުރެވިގެންދާ މި ލެބޯޓަރީވެގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީކުރެވިގެންދާ ލެބޯޓަރީއަކަށް ކަމަށެވެ. އަދި މި ލެބޯޓަރީއަކީ އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ހިދުމަތެއް އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކުރެވިގެންދާނެ ލެބޯޓަރީއެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި ލެބޯޓަރީގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކް އިންޖިނިއަރިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެއަރކްރާފްޓް އިންޖިނިއަރިންގ، އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސްއާއި، އޭއައިގެ އިތުރުން، ޑިޖިޓަލް އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

”އެ ލެބޯޓަރީގައި ސިވިލް އިންޖިނިއަރުން، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެއަރކްރާފްޓް އަދި އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސް، އޭއައި ޑިޖިޓަލް އިންޖިނިއަރިންގ ހިމެނޭހެން އެކި ކަހަލަ އިންޖިނިއަރިންގ ދާއިރާތަކުން ތަހުލީލުތައް އަދި ދިރާސާތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި އެތަނަކީ ރާއްޖޭގައި އެ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށާއި، ރާއްޖެއިން ބޭރުން އައިސް ވެސް އެކި ފަރާތްތަކަށް ތަހުލީލުތައް ހެދޭނެ ފުރުސަތު އޮންނަ ފަދަ ލެބޯޓަރީއަކަށް ހަދާނަން.“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ލެބޯޓަރީ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތަކާ އެހެނިހެން އިންތިޒާމުތައް، ސަރުކާރުން މިހާރު ހަމަޖައްސަމުން ގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި އިމާރާތް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ، ދައުލަތުގެ ބަޖެޓުގައި ނުހިމަނާ ކަމަށެވެ. އަދި އިންޖިނިއަރިންގގެ ދާއިރާތަކުން އެކި ކަހަލަ ތަހުލީލުތައް ކުރުމަށް ބޭނުންވާ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާ، ރާއްޖެއިން ބޭރުން ވެސް، މިފަދަ ތަހުލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ތަހުލީލުތައް ކުރެވޭނެ ފެންވަރުގެ ލެބޯޓްރީއަކަށް، ހެދުމަށް ސަރުކާރުން ގަސްދުކުރާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
thinadhoo hospital
ތިނަދޫ ސިޓީ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
049-criminal-court-1200x630
ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ
dollar
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި
Screenshot 2026-09-01 at 10.55
ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް