Saturday, 17 October 2026
Ads by

ނައިބު ރައީސްގެ ތައުރީފު ރައީސް މުޢިއްޒަށް: ރައީސް ދައްކަވަމުން ގެންދަވަނީ ހަގީގީ ލީޑަރެއްގެ ނަމޫނާ

ނައިބު ރައީސްގެ ތައުރީފު ރައީސް މުޢިއްޒަށް: ރައީސް ދައްކަވަމުން ގެންދަވަނީ ހަގީގީ ލީޑަރެއްގެ ނަމޫނާ

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް---
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވަމުން ގެންދަވަނީ ހަގީގީ ލީޑަރެއްގެ ނަމޫނާ ކަމަށް ވިދާޅުވެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފިއެވެ.

Ad Image
Ads by

އެމްއެމްޓީވީން ގެނެސްދޭ ”ކޮންގްރެސް ފޯރި“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ގެނެސްދެއްވުމުގެ ނިޔަތުގައި ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަކީ، ހަރުދަނާ ނިންމެވުމެއް ކަމަށެވެ. ބޭންކަށް ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ކުރީގެ ރައީސުން ވާހަކަދައްކަވާފައިވީ ނަމަވެސް، މިކަމަކީ ކުރީގެ އެ ބޭފުޅުންނަށް އަމަލީ ގޮތުން ކުރައްވަން ކެރިވަޑައިނުގެންނެވި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ޑޮލަރު ނުލިބި ގައުމުގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ ނުވުމަށް ނިމުމެއް ގެނައުމަށްޓަކައި ހަރުދަނާ ދުރުވިސްނޭ ސިޔާސަތެއް އެމަނިކުފާނު އެ ނިންމެވީ. އެހެންވީމާ އެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ މަންފާތައް ކިތަންމެހާ ވެސް ގިނަ. ނަމަވެސް، މީގެ ތެރޭގައި އުޅެދާނެ ހިތްހަމަނުޖެހޭ ބަޔަކު. އެއީ އެ ބަޔަކަށް ލިބޭ މަންފާތައް ކޮންމެ ވެސް ވަރަކަށް އުނިތަކެއް އައިސްދާނެތީ،“ – ނައިބު ރައީސް ވިދާޅުވިއެވެ.

ވިޔަފާރިތައް ވެސް ކުރިއަރާނީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ކުރެވިގެންކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އެ މަގުން ކަމަށާއި އެމަނިކުފާނަކީ ވަތަނީ ރޫހުގައި މަސައްކަތްކުރައްވާ ވަތަނީ ލީޑަރެއް ކަމަށެވެ.

މިއަދު އިގުތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުގެ ފުރިހަމަ ޒިންމާ އެމްޑީޕީން ނަގަންޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ފައިސާ ޗާޕުކުރުމުން ނުކުންނާނެ ނަތީޖާއަށް ބެލުމެއް ނެތި، ގާނޫނު ސަސްޕެންޑް ކުރުމަށްފަހު އެތައް ބިލިއަން ރުފިޔާއެއް ޗާޕުކުރުމުގެ ސަބަބުން ގައުމުގެ އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓުނު ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން، މިހާރުގެ އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން އެތައް ބަޔަކު ސަރުކާރުގައި އާދޭސްދެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެއިން އެއްވެސް ބައެއްގެ ބަސް ގަބޫލުނުކޮށް، ދައުލަތުގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ އިތުރުން އެހެނިހެން އިމާރާތްތައް ރަހުނުކުރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، އެމްޑީޕީން ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ދެކޮޅަށް މިއަދު ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، އެމްޑީޕީގެ އެންމެފަހުގެ ސަރުކާރުން ވެސް އެކަން ތަންފީޒު ކުރުމާ ހަމައަށް ކަންކަން ކުރިއަށް ގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ މި މަސައްކަތްޕުޅުތަކާއެކު، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ގައުމުގެ ދަރަނިތައް ދައްކަވައި، ގައުމުގެ އިގުތިސާދު ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި ތާރީހުން އެމަނިކުފާނަށް ހާއްސަ ޖާގައެއް ލިބިވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި