Tuesday, 1 September 2026
Ads by

ސިނަމާލެ ބްރިޖަކީ އިތުބާރާއި، އުންމީދުތަކުގެ ރަމްޒެއް: ރައީސް މުޢިއްޒު

ސިނަމާލެ ބްރިޖަކީ އިތުބާރާއި، އުންމީދުތަކުގެ ރަމްޒެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިނަމާލެ ބްރިޖު ބައްލަވާލައްވަނީ---

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި ތަރައްގީކުރި ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖެއާއި ޗައިނާ ގުޅުވައިދޭ އެއްބައިވަންތަކަމާއި އުންމީދުތަކުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ބިނާކޮށް އާންމުންނަށް ހުޅުވާލިތާ 8 އަހަރު ފުރުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުުޅުވައިދިން ސިނަމާލެ ބްރިޖަށް 8 އަހަރުފުރިގެންދާއިރު، މި ބްރިޖު ވެގެންގޮސްފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ ދެމެހެއްޓެނިވި ގަދަފަދަ ރަމްޒަކަށް ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ ވަސީލަތެއް ނޫން ކަމަށާއި އެއީ ރާއްޖެ އާއި ޗައިނާ ގުޅުވައިދޭ އިތުބާރާއި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަރޝިޕްގެ ދަށުން، ދެ ގައުމުގެ ބައިވެރިވުން ކުރިއަށްވުރެ ބޮޑަށް ވަރުގަދަވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ، ރާއްޖެއިން ޗައިނާއާއެކު އޮތް ރަހުމަތްތެރިކަން އާލާކޮށް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުވި ބްރިޖެކެވެ. ތިން އަހަރު ތެރޭގައި މުޅި މަސައްކަތް ނިންމައި ބްރިޖު ރަސްމީކޮށް ހުޅުވީ 30 އޮގަސްޓް 2018 ވަނަ ދުވަހުއެވެ. މި ބްރިޖުގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތް އެންމެ ކައިރިން ބައްލަވަމުން ގެންދެވީ އޭރުގެ ހައުސިންގ މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
049-criminal-court-1200x630
ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ
dollar
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި
Screenshot 2026-09-01 at 10.55
ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ
ADB4F491-4ECC-4C12-985B-4A125E762E73
ކަޅު ބަޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގެންފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް