ފުވައްމުލަކު ސިޓީގައި ކާރަކުން ސައިކަލެއްގައްޔާއި އެހެން ކާރެއްގައި ޖައްސައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު
ފުވައްމުލަކު ސިޓީގައި ކާރަކުން ސައިކަލެއްގައްޔާއި އެހެން ކާރެއްގައި ޖައްސައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 29 ވީ ހުކުރު ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. އެގޮތުން، ފުވައްމުލަކު މޫޑިގެ ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކުން ސައިކަލެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ގޮސް، އެ މަގުން ދަތުރުކުރި އެހެން ކާރެއްގެ އިތުރުން މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖައްސައި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި، އޭނާގެ ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށެވެ. އެ ދެ މީހުންނަށް ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. އަދި އޭނާ މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ އަސްލު ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ދިނުމަށްފަހު، ގަދަކަމުން ކާރު ފޭރިގަނެގެން ދުއްވާފައި ގޮސްގެން ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
މި ހާދިސާގައި އެކްސިޑެންޓްވި ދެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
29 ވީ ހުކުރު ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. އެގޮތުން، ފުވައްމުލަކު މޫޑިގެ ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކުން ސައިކަލެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ގޮސް، އެ މަގުން ދަތުރުކުރި އެހެން ކާރެއްގެ އިތުރުން މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖައްސައި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި، އޭނާގެ ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށެވެ. އެ ދެ މީހުންނަށް ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.