Saturday, 24 October 2026
Ads by

މިދިޔަ އަހަރު މާލެ ސަރަހައްދުން 8 މިލިއަން ފަސިންޖަރުން ބަހުގެ ހިދުމަތް ހޯދި

މިދިޔަ އަހަރު މާލެ ސަރަހައްދުން 8 މިލިއަން ފަސިންޖަރުން ބަހުގެ ހިދުމަތް ހޯދި

އާރްޓީއެލް ބަސް--- ފޮޓޯ: އެކި އެމްވީ

މިދިޔަ އަހަރު މާލެ ސަރަހައްދުން އެކަނިވެސް، 8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން އާރްޓީއެލް ބަހުގެ ހިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެމްޓީސީސީގެ ދަށުން ހިންގަމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ 2025 ވަނަ އަހަރު މާލޭ ސަރަހައްދުގައި ބަހުން ކޮށްފައިވާ ދަތުރުތަކުގެ އަދަދު ވަނީ 8.2 މިލިއަނަށް އަރައިފައެވެ. މިއީ މި ހިދުމަތް ދޭން ފެށި 2022 ވަނަ އަހަރު ރެކޯޑުކުރެވުނު 6.2 މިލިއަން ދަތުރާ އަޅާބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފެށި ފަހުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 8 މިލިއަނަށް ވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު މި އަދަދު 8.1 މިލިއަނުގައި ހުރިއިރު 2024 ވަނަ އަހަރު މި އަދަދު ހުރީ 8.4 މިލިއަނުގައިކަން ފާހަގަކޮށްލެވެއެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ ހުޅުދޫ އަދި މީދޫ، ފުވައްމުލަކު ސިޓީ، ލ. އަތޮޅުގެ ގަމާއި ގުޅިފައިވާ ރަށްތަކާއި، ރ. ދުވާފަރުގެ އިތުރުން އަދި ހއ. ދިއްދޫ ފަދަ ރަށްތައް ހިމެނެއެވެ.

ބަހުގެ ހިދުމަތުގެ އިތުރުން، ފެރީގެ ހިދުމަތް ވެސް އެ ކުންފުނިން އަންނަނީ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. މީގެ ހަތަރު އަހަރު ކުރިން ޖުމްލަ 3 އަތޮޅަކުން ފެށި މި ހިދުމަތް މިހާރު ވަނީ 16 އަތޮޅަކަށް ފުޅާކޮށްފައެވެ. މި ހިދުމަތް އަދި ނުފެށި ވަނީ ޒޯން 3 ގައި ހިމެނޭ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އެހެންނަމަވެސް، މި އަތޮޅުތަކުގައި ވެސް ވީ އެންމެ އަވަހަކަށް މި ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރު އެކަނިވެސް 477,215 މީހުން އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުންކޮށްފައިވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ގިނަ އަދަދެއްގެ މީހުން ދަތުރުކޮށްފައިވަނީ ޒޯން 1 (ހއ، ހދ، ށ) ގައެވެ. އެއީ 245,274 ދަތުރުވެރިންނެވެ. މީގެއިތުރުން ޒޯން 5 (ގއ، ގދ، ތ، ލ) އިން 110,130 މީހުން ދަތުރުކުރިއިރު، ޒޯން 2 (ނ، ރ، ބ، ޅ) އިން 81,161 މީހުން، ޒޯން 6 (އައްޑޫ، ފުވައްމުލައް) އިން 34,877 މީހުން އަދި ޒޯން 4 (މ، ފ، ދ) އިން 5,773 މީހުން ވަނީ މި ހިދުމަތް ހޯދާފައެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އާރްޓީއެލް ފެރީ އާއި ބަހުގެ ހިދުމަތް ޖުމްލަ 16.2 މިލިއަން ފަސިންޖަރުން ވަނީ ހޯދައިފައެވެ. މިއީ 2023 ވަނަ އަހަރުގެ 15.6 މިލިއަން އަދި 2024 ވަނަ އަހަރުގެ 16.1 މިލިއަނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. މުޅި ރާއްޖެ ދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލުމަށް ފެށުނު މި ހިދުމަތުގެ ސަބަބުން، ސިއްހީ ހިދުމަތްތައް ފަދަ ޒަރޫރީ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ވަނީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި