ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަޙައްދުގެ ހިމާލަޔާ ފަރުބަދަތަކުން ގަނޑުފެންގަނޑެއް ވެއްޓި ކުރިމަތިވި ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 623 އަށް އަރައިފިއެވެ. ނޭޕާލް ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ޤައުމުން އެކަނިވެސް 616 މީހުން މަރުވެފައިވާއިރު، ޓިބެޓުން 7 މީހަކު ވަނީ މަރުވެފައެވެ. ސަލާމަތްކުރުމުގެ މަސައްކަތަށް 4 ވަނަ ދުވަސް ވެފައިވާއިރު، 2,478 އަށްވުރެ ގިނަ މީހުން ވަނީ ގެއްލުގެއްލިފައެވެ.ނު މީހުންގެ ތެރޭގައި ހައިޑްރޯޕަވަރ ޕްލާންޓްތަކުގައި މަސައްކަތްކުރާ 933 މުވައްޒަފުންނާއި، 777 ބޭރުގެ ފަތުރުވެރިންނާއި ޒިޔާރަތްތެރިން ހިމެނެއެވެ.
Terrifying footage shows a flash flood sweeping through the Nepal–Tibet border, trapping people on rooftops and balconies. At least 469 have been killed, with hundreds still missing. pic.twitter.com/xRgRWmwut7
— Weather Monitor (@WeatherMonitors) August 28, 2026
ބޯޑަރު ސަރަޙައްދުގައި ފަރުބަދައިގެ ބައިތަކުން ބަންދުވެ އުފެދިފައިވާ ބޮޑު ފެންގަނޑު ފަޅައިގެން ގޮސް، ދެވަނަ ފެންބޮޑުވުމެއް އައިސްދާނެކަމުގެ ބިރު ބޮޑުވުމުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ. ވާދީގައިވާ ހައިޑްރޯޕަވަރ ޓަނަލްތަކުގައި 100 އަށްވުރެ ގިނަ މީހުން ބެދިފައިތިބުމުން، ނޭޕާލް އަސްކަރިއްޔާއިން ދަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން އެމީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންނެވެ.













