Saturday, 24 October 2026
Ads by

ނަޝީދުއާއެކު ގެންނާން އުޅުނު ”ބޮޑު ބަދަލު“ ބޮޑު ކޯޅުމަކަށް!

ނަޝީދުއާއެކު ގެންނާން އުޅުނު ”ބޮޑު ބަދަލު“ ބޮޑު ކޯޅުމަކަށް!

ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ) އަދި ފައްޔާޒު އިސްމާޢީލް (ކ)---

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ޖެހޭނެ ކަމަށް ބުނެ، އެމްޑީޕީގެ ”ބޮޑު ބަދަލު“ ވަޓްސް އެޕް ގްރޫޕް ތެރޭގައި ވާހަކަދެކެވުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އެ ގްރޫޕުން ނުކުމެވަޑައިގެންފިއެވެ.

Ad Image
Ads by

މައުލޫމާތު ލިބިފައިވާ ގޮތުގައި, އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ތިއްބެވި އެ ގްރޫޕުގައި ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ފައްޔާޒު ފެޔަށް ޖެހިވަޑައިގަތުމަށްފަހު، ރިޔާސީ ޕްރައިމެރީގައި ނަޝީދު ވާދަކުރެއްވުމަށް ޝަރުތުކޮށްފައެވެ. ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށް ނަޝީދުގެ ނަން ހުށައެޅުމާއެކު މައްސަލަ ހޫނުވެ، ”ބޮޑު ބަދަލު“ ގްރޫޕުން ފައްޔާޒު ވަނީ ވަގުތުން ނުކުމެވަޑައިގެންފައެވެ.

ގްރޫޕުން ނުކުމެވަޑައިތުމުގެ ކުރިން ފައްޔާޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ ގްރޫޕް އުފެއްދި ހަގީގީ މަގުސަދު ގެއްލި ޕާޓީ ތެރޭގައި ވެސް ބޭކާރު މައްސަލަތައް އުފެދުމުންދާ ކަމަށެވެ. ހަމައެހެންމެ އެމްޑީޕީއަކީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓާ ޕާޓީއެއް ކަމުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ، ބޮޑު ބަދަލަކީ ގައުމަށް މުހިއްމު މަސައްކަތެއް ކަމަށާއި އެކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު އެންމެ ފުރަތަމަ އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން، ނަޝީދާއެކު ސިޔާސީ ގޮތުން ގުޅިވަޑައިގެން ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމުގެ މަސައްކަތްތައް ފައްޓަވައި، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައްޔާޒު ގެންދަވަނީ ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. އަދި ފައްޔާޒަށް ތާއީކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމާ ގުޅޭ ވާހަކަތައް ދެކެވޭތީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހަމައެހެންމެ، ގިނަ ބޭފުޅުންތަކެއް އެއްފަހަރާ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވާތީ އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ރިޔާސީ ރޭހުގައި 5 ބޭފުޅަކު ވާދަކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
3 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހުސޭނުބެ
ހުސޭނުބެ
1 މަސް ކުރިން

ނަޝީދު ނޫން ކޮންމެ މީހަކަށްވެސް ތާއީދު ކުރާނަމެވެ. އެހެން މީހަކު ނެތިއްޔާ ރައީސް މުއިއްޔުވިޔަސް ހެވެއެވެ. ރައްޔިތުން ނިކުމެ ނުއެއް ބާލާނެއެވެ. އިސްތިއުފާދީފަ ނުވެސް ފިލާނެއެވެ.

މުހައްމަދު އަބްރާހިމް ދީދީ
މުހައްމަދު އަބްރާހިމް ދީދީ
1 މަސް ކުރިން

އެންމެފުރަތަމަ ދުވަހުވެސްއެގޭ ނަޝީދުހަދާނީއެހެންކަން އޭނަނުނަ އެހެން މީހަކު ވެތިކަމައް އަންނަން އޭނަހިތްހަމަ ނުޖެހޭނެ އޭނަ މަސައްކަތް ކުރާނެ ރައީސް ޔާމީނައް ލަޑުދޭންވެސް އަދި އަބއރާހިމް މުހައްމަދު ސާލިހަށާ ޝާހިދު ފައްިސަލު ނަސީމް އަދި ޑރ. ޝަމްހީދައް ލަޑުދޭންވެސް އޭނަދައްކާވާހަކަ ގަބޫލުކުރާކައްނުވާނެ ފައްޔާޒު އެހާކައިރިކޮއްގެން އުޅުނީ އޭނަޔައްއެގޭއެނުންއެހެންގޮތެއް ހަދަން އުޅެފިނަމަ ޗެޔާރޕާސަނަކައް އޭނަނޮހޮވޭނެކަން އެކަން އޭނަކޮއްފި ދެންމިހާރު ފައްޔާޒުގެ ބޭނުމެއްއޭނަޔަކައްނުޖެހޭނެ ރަގަޅުވާނީ ފައްޔާޒައް ލަޑުދިނުން މިއީއެނަދެކޭގޮތް

ކަބަލުން
ކަބަލުން
1 މަސް ކުރިން

ނަޝީދު ބޮލަށް ދިރާގު ބޮނޑު ކުޑައެއްނެގިނަމަ ތިހެން ނުވާނެ ހަހަހާ

Ads by
ފަހުގެ ޚަބަރު
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
DSC_2131
ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ