Sunday, 26 July 2026
Ads by

ވަގު ނަންބަރު ބޯޑު ބޭނުންކުރާ ވެހިކަލްތައް ޓްރާންސްޕޯޓް މިނިސްޓްރީން ނަގަން ފަށަނީ

ވަގު ނަންބަރު ބޯޑު ބޭނުންކުރާ ވެހިކަލްތައް ޓްރާންސްޕޯޓް މިނިސްޓްރީން ނަގަން ފަށަނީ

މާލޭ ސަރަހައްދުގައި، ވަގު ނަންބަރު ބޯޑު ބޭނުންކޮށްގެން ދުއްވަމުންދާ އެއްގަމު އުޅަނދުތައް ވަރަށް އަވަހަށް ނަގަން ފަށާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން މާލޭ މަގުތަކުގައި ވަގު ނަންބަރު ބޯޑު ޖަހާފައި ހުރި ވެހިކަލްތައް މިނިސްޓްރީން ނަގަން ފަށާނެ ކަމަށާއި، ވެހިކަލް ބެލެހެއްޓޭން ފުރިހަމަ ނިޒާމެއް މިނިސްޓްރީން ގާއިމް ކުރާނެ ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ %18 އާއި %21 އާ ދެމެދުގެ އަދަދެއްގެ ބޭފުޅުން ވެހިކަލް ދޫކޮށްލަން ބޭނުންވާކަމަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާ ކަމަށާއި، މާލޭގެ ވެހިކަލް ޕޮޕިއުލޭޝަން އެކަށަ އެޅުމަށްފަހު، ވެހިކަލްތައް ދޫކޮށްލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެކަމުގެ ހައްލު ހޯދުމަށް މަނިސްޓްރީން މަސައްކަތް ފަށާނެ ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ ހެދިފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، އެކި ސަބަބުތަކާހުރެ އުޅަނދުތައް ދޫކޮށްލަން ބޭންނުވެފައިތިބި ފަރާތްތަކުގެ އަދަދަ %18 %21 އާ ދެމެދުގަ އުޅޭ ކަމަށެވެ. އެހެންނަކަމުން އެ ވަރާތްތަކަށް ހައްލެއް ހޯދާ ދެވިއްޖަނަމަ މާލޭއަށް ބާރު ބޮޑުވެފައިވާ މައްސަލައަށް އެދެވޭ ހައްލެއް ލިބެމުންދާނެކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ވެހިކަލް ޕޮޕިއުލޭޝަން އެކަށައެޅި، އަދި ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ”ބައި ބެކް“ ޕްރޮގްރާމެއް ހިންގާލެވިއްޖެނަމަ މާލެއަށް ކުރިމަތިވެފައިވާ ވެހިކަލް ޕޮޕިއުލޭޝަންގެ މައްސަލައަށް ދެންދާނީ ހައްލު ލިބެމުން ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި