Saturday, 29 August 2026
Ads by

ގެދޮރު އެޅުމަށާއި ގަތުމަށް އިކުއިޓީ ދައްކަން ދަތިވާ ފަރާތްތަކަށް ހާއްސަ މާލީ ޕްރޮގްރާމެއް ފަށަނީ

ގެދޮރު އެޅުމަށާއި ގަތުމަށް އިކުއިޓީ ދައްކަން ދަތިވާ ފަރާތްތަކަށް ހާއްސަ މާލީ ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގައި އަމިއްލަ ބިން އޮވެ ގެދޮރު އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށާއި، ހައުސިން ޔުނިޓް ގަތުމަށް މާލީ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިތުރު ފައިނޭންސިން ޕްރޮގްރާމްތަކެއް ތައާރަފުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ފަށައިފިއެވެ.

Ad Image
Ads by

ޕީއެސްއެމްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު އަޙްމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ބޭންކުތަކުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ގެދޮރު ބިނާކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކުތަކާ ގުޅިގެން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މުޅިން އައު ދެ ސްކީމެއް އިފްތިތާހުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މި އައު ޕްރޮގްރާމުގެ ދަށުން ސަރުކާރުން މައިގަނޑު ގޮތެއްގައި އެހީތެރިވެދޭނީ ބޭންކު ލޯނު ނެގުމަށް ކޮންމެހެން ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސައިދިނުމަށެވެ. އެގޮތުން އަމިއްލަ ބިމުގައި ގެދޮރު އެޅުމަށް އެދޭ ފަރާތްތަކަށް އިކުއިޓީގެ ގޮތުގައި 2 ލައްކަ ރުފިޔާ ސަރުކާރުން ދޫކޮށް، 1 މިލިއަން ރުފިޔާއާ ހަމައަށް ބޭންކު ލޯނު ލިބޭނެ މަގު ފަހިކޮށްދެވޭނެއެވެ. މީގެއިތުރުން، ރަށްރަށުގައި ތަރައްގީކުރާ ހައުސިން ޔުނިޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އިކުއިޓީގެ ގޮތުގައި 2.5 ލައްކަ ރުފިޔާ ހަމަޖައްސައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހަތަރު ބޭންކަކާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މި ފުރުސަތު އާންމުންނަށް ހުޅުވާލުން ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ހަމައެއާއެކު، ސަރުކާރުން ކުރިއަށްގެންދާ ’އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް‘ ގެ ދަށުން ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް، ސޯޝަލް ހައުސިންގެ އިމުން ބޭރުން ތަންތަން މިލްކުކުރެވޭނެ މާލީ އެހީގެ އިންތިޒާމެއް ވެސް ތައާރަފުކުރާނެއެވެ. މި ފުރުސަތު ހުޅުމާލެ ފޭސް 3 ގެ 1000 ހައުސިން ޔުނިޓުގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމުކުރާ 550 ޔުނިޓާއި ފުވައްމުލައް ސިޓީގައި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކަށް ވެސް ލިބިގެންދާނެއެވެ.

ގެދޮރުވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރިން ތައާރަފުކުރި ’ހިޔާވެހި ފައިނޭންސިން ސްކީމް‘ އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ސްކީމުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. އަމިއްލަ ބިން އޮވެ އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް މާލީ ފުރުސަތުތައް ފަހިކޮށްދީ ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް