Saturday, 24 October 2026
Ads by

ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު

ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ދައުލަތުން ވަގަށް ނަންގަވާފައިވާ އެތައް މިލިއަން ޑޮލަރެއް އަނބުރާ ދައުލަތަށް ހޯދިއްޖެނަމަ، މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަލާޙު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މިފަދައިން ވިދާޅުވީ، ރިސޯޓް އިންޑަސްޓްރީއާ މަޝްވަރާކުރުމެއް ނެތި، ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ރިސޯޓްތަކުން ތެދުވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

ފަލާޙު ވިދާޅުވީ ވެރިކަން ކޮށްފައިވާ ބޭފުޅަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތު ދިނުން ކަމަށެވެ. އަދި މިކަމުންވެސް ހާމަވަނީ ޔާމީނުގެ ނުބައިކަމާއި، އަމިއްލަ އެދުމުގެ ބޮޑުކަމާއި، ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފަހަކަށް އައިސް އިދިކޮޅު އެމްޑީޕީއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވައްޓާލަން ޔާމީނު ކުރައްވަމުން ގެންދަވާ މަސައްކަތުން، އެމަނިކުފާނު ދައްކަވާ ވާހަކަފުޅާއި ޢަމަލާ ދިމާނުވާ މިންވަރު ހާމަވާ ކަމަށްވެސް ފަލާޙު ވިދާޅުވިއެވެ. އަދި މިއަދުވެސް ޔާމީނު ފަދަ ޚާއިނަކަށް ޖަލުގެ ބަދަލުގައި ގޭގައި ހުންނެވުމުގެ ފުރުސަތު ލިބިފައި އޮތުމަކީ ހިތާމަހުރި، އަދި އެކަމާ މުޅި ޤައުމުވެސް ލަދުވެތިވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މައްސަލައިގެ ފަސްމަންޒަރު:

މި ސަރުކާރުން އެކުލަވާލި ބޭރު ފައިސާއާ ބެހޭ ޤަވާއިދުގެ ދަށުން މިހާތަނަށް ރިސޯޓްތަކުން ޑޮލަރު މާރުކުރަމުން ދިޔައީ ކޮންމެ ތިން މަހަކުން އާމްދަނީގެ 20 އިންސައްތަ ނުވަތަ ޓޫރިސްޓް ކޮންމެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރަން ޖެހޭ ގޮތަށް އިޚްތިޔާރު ދީގެންނެވެ. ނަމަވެސް ބޮލަކަށް 500 ޑޮލަރު މާރުކުރާ އިޚްތިޔާރު އުވާލަން މި މަހުގެ 11 ގައި މަޖިލީހަށް ހުށަހެޅުމަށްފަހު، ރިސޯޓްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރާނެ ކަން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އިއުލާންކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފައެވެ.

މި އިސްލާހާ ގުޅިގެން ރައީސް ޔާމީން ފާޑުވިދާޅުވީ ފުވައްމުލަކުގައި ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައެވެ. ޔާމީން ވިދާޅުވީ 40 އިންސައްތަ ޑޮލަރު މާރުކުރުމަކީ ރިސޯޓްތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށާއި، ރިސޯޓްތައް ތަރައްޤީކުރަން ނަގާފައިވާ ބޭރުގެ ލޯނުތަކާއި ލޮޖިސްޓިކްސްގެ ގިނަ ކަންކަން ހަމަޖައްސަން ޖެހެނީ ޑޮލަރުން ކަމަށެވެ.

އެހެންކަމުން އެހާ ބޮޑު އަދަދެއް މާރުކުރަން މަޖުބޫރުކުރާތީ މުޅި ރިސޯޓް އިންޑަސްޓްރީ އެކަމާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އެނގިވަޑައިން ހުންނަވާ ޔާމީން މިފަދައިން ގޮވާލުމާގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ޔާމީނުއަށް އަމާޒުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި