Saturday, 29 August 2026
Ads by

ނޯވޭގެ ރަސްގެފާނު ހަރަލްޑް ފަސްވަނަ އަވަހާރަވެއްޖެ؛ ރަސްކަމާ ދަރިކަލުން ހަވާލުވެވަޑައިގަންނަވަނީ

ނޯވޭގެ ރަސްގެފާނު ހަރަލްޑް ފަސްވަނަ އަވަހާރަވެއްޖެ؛ ރަސްކަމާ ދަރިކަލުން ހަވާލުވެވަޑައިގަންނަވަނީ

އުމުރުފުޅުން 89 އަހަރުގެ ނޯވޭގެ ރަސްގެފާނު އަދި މިވަގުތު ޔޫރަޕްގެ އެންމެ ދުވަސްވީ ރަސްކަލެއްގެ ގޮތުގައި ހުންނެވި ކިންގް ހަރަލްޑް ފަސްވަނަ.. ފޮޓޯ| ރޮއިޓަރސް

ނޯވޭގެ ރަސްގެފާނު އަދި މިވަގުތު ޔޫރަޕްގެ އެންމެ ދުވަސްވީ ރަސްކަލެއްގެ ގޮތުގައި ހުންނެވި ކިންގް ހަރަލްޑް ފަސްވަނަ، އުމުރުފުޅުން 89 އަހަރުގައި އަވަހާރަވެއްޖެއެވެ.

Ad Image
Ads by

ނޯވޭގެ ޝާހީ ގަނޑުވަރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ރަސްގެފާނު ހަރަލްޑް އަވަހާރަވީ އޮސްލޯ ޔުނިވަރސިޓީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހެނދުނު 6:35 ގައެވެ.

ރަސްގެފާނު އަވަހާރަވުމާ ގުޅިގެން، ވާރުތަމުދަލުގެ އުސޫލުން އެގައުމުގެ ތަޚުތާ ދެން ހަވާލުވެވަޑައިގަންނަވާނީ ދަރިކަލުން، ކްރައުން ޕްރިންސް ހާކޮން އެވެ. އެމަނިކުފާނު ރަސްކަން ކުރައްވާނީ ”ކިންގް ހާކޮން އަށްވަނަ“ ގެ ނަންފުޅުގައެވެ.


ލޭގެ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ”ހީމޯލައިޓިކް އެނީމިއާ“ އަށް ފަރުވާ ހޯއްދެވުމަށް ރަސްގެފާނު ހަރަލްޑް ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ މި ހިނގާ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ލޭގެ ރަތް ސެލްތައް އާދަޔާ ޚިލާފަށް އަވަހަށް ހަލާކުވެ، ވަރުބަލިކަމާއި ނޭވާލާން އުނދަގޫވާ ބައްޔެކެވެ. ބުރާސްފަތި ދުވަހު ރަސްގެފާނުގެ ހާލުކޮޅު ”ވަރަށް ސީރިއަސް“ ކަމަށް އޮފިޝަލުން ހާމަކުރުމާ ގުޅިގެން، ޝާހީ އާއިލާގެ ބޭފުޅުން ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވަނީ ގަނޑުވަރު ކައިރިއަށް އެއްވެ، މާބޮނޑިތައް ބަހައްޓައި އިހުތިރާމް އަދާކޮށްފައެވެ.

ހާލުކޮޅު ސީރިއަސްވެ އޮސްލޯ ޔުނިވަރސިޓީ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ނޯވޭގެ ރަސްގެފާނު ހަރަލްޑް ފަސްވަނައަށް އިހުތިރާމް އަދާކުރުމުގެ ގޮތުން، ބުރާސްފަތި ދުވަހު ގަނޑުވަރުގެ މައި މައިދާނަށް މީހުން އެއްވެފައި [ފޮޓޯ: ރޫން ހެލެސްޓަޑް / ގެޓީ އިމޭޖަސް]
ފާއިތުވި އަހަރުތަކުގައި ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެން، ޕޭސްމޭކަރެއް ލައްވައި، ރަސްމީ ހަރަކާތްތައް މަދުކުރެއްވި ނަމަވެސް، ރަސްކަމުން ދުރަށް ވަޑައިގަތުމަށް (ތަޚުތު ދޫކޮށްލެއްވުމަށް) އެމަނިކުފާނު އަބަދުވެސް ދެކޮޅު ހެއްދެވިއެވެ. އެއީ ނޯވޭގެ ޕާލަމެންޓް ކުރިމަތީގައި އެމަނިކުފާނު ވެވަޑައިގެންނެވި އުމުރުދުވަހުގެ ހުވަޔާ ޚިލާފު ކަމަކަށް ވާތީ ކަމަށްވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް