ނ. ޅޮހީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެ ރަށަށް 400 ކިލޯވޮޓްގެ އައު ޖެންސެޓެއް ގެންގޮސްފިއެވެ.
މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޅޮއްސަށް މި އައު ޖެންސެޓް ގެންގޮސްފައިވަނީ އެ ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި އައު ޖެންސެޓް ގެނައުމުގެ ކުރިން ޅޮހީ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 860 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދެވުނު 400 ކިލޯވޮޓްގެ ޖެންސެޓާއެކު، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 1،260 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.
ނ. ޅޮހީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖެންސެޓެއް ގެންގޮސްފި. އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 860 ކިލޯވޮޓް. ނަމަވެސް، މި ގެނެވުނު ބަދަލާއެކު ކަރަންޓު… pic.twitter.com/7O3UxkKhtT
— Fenaka Corporation Ltd (@TeamFenaka) August 27, 2026
ފެނަކައިން ހާމަކުރި ގޮތުގައި މި ބަދަލާއެކު ރަށުގެ ކަރަންޓުގެ ޑިމާންޑަށް އެކަށީގެންވާ ހައްލެއް ލިބި، ކުރިއަށް އޮތް ތަނުގައި ކަރަންޓަށް ދިމާވެދާނެ މައްސަލަތަކަށް ފުރިހަމައަށް ތައްޔާރުވެވިގެންދާނެއެވެ. އަދި ވީ އެންމެ އަވަހަކަށް އައު ޖެންސެޓް އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.














