ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރުގައި ފެންބޮޑުވި ސަރަަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް އެ ވުޒާރާއަށް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއާ ގުޅިގެން، އެ ވުޒާރައިން އެކަން މޮނިޓަރު ކުރަމުންދާ ކަމަށެވެ.
”އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް އެ ވުޒާރާއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވޭ،“. އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރައިން ވިދާޅުވީ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވާ ކަަމަށެވެ.
އަދި މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ބޭނުންވާނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެ ވުޒާރާގެ ހޮޓްލައިން ނަންބަރަށް 9607983400+ ނުވަތަ ކޮންސިއުލަރު އީމެއިލް consular@foreign.gov.mv އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.










